ޑާކް ރެއިން އެންޓަޓައިންމަންޓުން ޝޫޓް ކުރަމުން އަންނަ ކޮމެޑީ ފިލްމު “މާމުއި” ގެ އާ ލަވައެއް އެހުންތެރިންނަށް ރިލީޒްކޮށްފި އެވެ.
ސައުންޑްކުލައުޑަށް ދޫކޮށްލާފައިވާ ލަވައަކީ “ރޭ ރޭ” އެވެ. މިއީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ “ރޭރޭ މިހެން ޚިޔާލުކޮށްލަން އާދަވޭ” ލަވައިގެ އާ ވާޝެނެކެވެ. ލަވައިގެ މެލޮޑީ އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފުގެ މެލޮޑީއެކެވެ. މިފަހަރުގެ ލަވަ ކިޔާފައިވަނީ އަސްރާ އެވެ. ލަވައިގެ މިއުޒިކު ހަދާފައިވަނީ ފަތޯ އެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފު މެލޮޑީ ހަދާފައިވާ މި ލަވައިގެ ޅެން ވެސް ހަދާފައި ވަނީ އޭނާ އެވެ. ކުރީގެ ލަވަ ކިޔާފައި ވަނީ މަހުމޫދާ ޝަކީބެވެ.
“މާމުއި” އަކީ ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމަކީވެސް އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިހާރު ވަނީ ގާތްގަނޑަށް ނިމުމަކަށް އައިސްފައެވެ.
“މާމުއި” ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އެޕްރީލް 1 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!