ދޮންކެޔޮ ކާހިތްވޭ ހެއްޔެވެ؟ ހަމަގައިމުވެސް ދޮންކޭލަކީ ގިނަ ބަޔަކަށް ކަމުދާ މީރު މޭވާއެކެވެ. ދޮންކޭލަކީ ހަމައެކަނި މީރު މޭވާއެއް ނޫނެވެ. ހަށިގަނޑަށް ފައިދާހުރި އެތަކެއް ބައިވަރު ކާނާގެ ބައިތައް (ނިއުޓްރިއެންޓްސް) ވެސް ލިއްބައިދޭ ކާނާއެކެވެ. ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ”އަހަރުމެންނަށް ދޮންކެޔޮ ކެވެނީ، ދޮންކެޔޮ ކެއުމަށް އެންމެ ރަނގަޅު ވަގުތުގައި ހެއްޔެވެ؟“ ނުވަތަ ”ދޮންކެޔޮ ވަކެއްގެ އުމުރުން އެންމެ ރަނގަޅު ދަނޑިވަޅުގައި ހެއްޔެވެ؟“
އެއްކޮށް ދޮންވެފައިވާ ނުވަތަ ކަޅު ލައްޖަހަންފަށާފައި ނުވަތަ ލައްޖަހާފައިވާ ދޮންކޭލުން އަހަރެމެންގެ ހަށިގަނޑަށް އެތަކެއް ބައިވަރު ކާނާގެ ބައިތައް ލިއްބައިދެއެވެ. ވަކިން ޚާއްޞަކޮށް އެއްކޮށް ދޮންވެ ފައްކާވެފައިވާ ކޭލުގައި ’އެންޓި-ކެންސަރ ޕްރޮޕަރޓީސް‘ (ކެންސަރު ޖެހުމާއި ދުރުކޮށްދޭ ޚާއްޞަ ސިފަތަކެއް) ހުރެއެވެ. އެހެންކަމުން މިކަމަކީ ކިހައި ފައްކާ ކަމެއްހެއްޔެވެ؟
ދޮންވެ ފައްކާވެފައިވާ މޭވާ އަކީ އޭގައި މިނަރަލްސް، ވިޓަމިންސް އަދި ކެންސަރާއި ދެކޮޅަށް ހަނގުރާމަކުރުމުގައި އިސްރޯލެއް އަދާކުރާ ކާނާގެ ބައިތަކުން ފުރިބާރުވެފައިވާ އެއްޗެކެވެ. މިފަދަ މޭވާގައި ކާނާ ހަޖަމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހަމީރާ (އެންޒައިމް) ތައް ވަރަށް މަތީ މިންވަރަކަށް ހުރެއެވެ.
ދޮންވެ ފައްކާވެފައިވާ ކެޔޮވަކެއްގައި ހުންނަ ލައްތައް ރަމްޒުކޮށްދެނީ އޭގައި ’ޓިއުމަރ ނެކްރޮސިސް ފެކްޓަރ‘ ގެ ނަމުން ނަންދެވިފައިވާ މުސްތަވާ (ސަބްސްޓޭންސް) ވަރަށް މަތީ މިންވަރަކަށް އެކުލެވިފައިވާކަމެވެ. ’ޓިއުމަރ ނެކްރޮސިސް ފެކްޓަރ‘ އަކީ ކެންސަރުބަލީގައި އުފެދޭ ވަރަމްތައް (ޓިއުމަރުތައް) މަރައިދޭ އެއްޗެކެވެ.
ލޭގައި ހުންނަ ސެލްތަކުގެ ތެރެއިން ހުދު ސެލް (ވައިޓް ބްލަޑް ސެލް) ތަކުގައި ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ލައްވަވާފައިވާ ޚާއްޞަ ސިފަތައް ތަޢުޒީޒް (ބޫސްޓް) ކޮށްދިނުމުގެ މަސައްކަތް ދޮންވެ ފައްކާވެފައިވާ ލައްޖެހި ދޮންކޭލުން ކޮށްދޭ މިންވަރު، ރޯ ކޭލާއި އަޅައި ބަލާއިރު އަށްގުނަ އިތުރުކަން ފާހަގަކޮށްލުމަކީވެސް ރަނގަޅު ކަމެކެވެ. އެހެންކަމުން، ކެއުމަށް އެންމެ ރަނގަޅީ ވީހައިވެސް ބޮޑަށް ދޮންވެފައި ހުންނަ ކެޔޮކަން މާބޮޑަށްވެސް ސާފެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




