މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިނަމަންޓުން އުފައްދާ ފިލްމް “ގޮށްރާޅު” އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގައި ރިލީޒް ކުރުމަށް ހަމަޖައްސައިފިއެވެ.
މި މަހު އަޅުވަން ކުރިން ނިންމާފައި، އަންނަ އަހަރަށް ފަސްކުރި ފިލްމު “ގޮށްރާޅު” ފެބްރުއަރީ މަހުގެ 4 ގައި ޕްރިމިއާ ކުރަން ނިންމިކަން ސޯޝަލް މީޑިއާގައި މި ފިލްމުގެ ތަރިން ވަނީ ބުނެފަ އެވެ.
“ގޮށްރާޅު” ފިލްމަކީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ ކުރައިމް ތްރީލާ އެކެވެ. މި ފިލްމުގެ މުހިއްމު ތަރިއަކީ ޑާކް ރެއިންގެ އެންމެ އާންމު މޫނު، ޖުމައްޔިލް ނިމާލްް (ޖުމަލް) އެވެ. މިއީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމު “4426” ޑައިރެކްޓަރު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ.
ފިލްމުގެ އެއް ލީޑް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާހަސަން އިރުފާން (ޒަކިއްޓެ)، އާއި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެއެވެ.
