ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
200 ވަރަކަށް ޔަތީމު ކުދިން ބަލަމުން އަންނަ ޒުވާން އަންހެނެއްގެ ވާހަކަ!

ދުވިސައްސައެއްހައި ޔަތީމުކުދިން ބަލަމުން އަންނަ ތޭވީސް އަހަރުގެ އަންހެނެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ އެފަދަ ހިތްގައިމު ޙަޤީޤީ ވާހަކައެކެވެ.

“އަހަރެން ބޭނުންވީ ކޮންމެ ދުވަހަކުވެސް އަހަންނަށް ފެންނަފަދަ ދުނިޔެއެއް އުފެއްދުމަށް” އުމުރުން އެންމެ 23 އަހަރުގެ މެގީ ބުންޏެވެ.

ކިޔެވުމުގެ އެއް މަރުހަލާ ނިންމައިލުމަށްފަހު ލިބޭ ‘ހުސް އަހަރުގައި’ ގިނަ ދަރިވަރުން ބޭނުންވަނީ ދުނިޔެ ބަލައިލުމަށް ދުނިޔޭގައި ބުރުޖަހާށެވެ. ނަމަވެސް މެގީގެ ދަތުރު ފަށައިގެން ނޭޕާލާއި ހަމައިން ބޭނުންވީ އޭނާގެ އަމިއްލަ ސްކޫލެއް ނޭޕާލުގައި ފަށާށެވެ. ޔަތީމު ވެފައިވާ އެތަކެއް ކުދިންނަކަށް އަޅައިލައި ތަޢުލީމު އުނގެނުމުގެ ފުރުޞަތު ހޯދައިދޭށެވެ.

ބްލިންކްނައު‘ ގެ ނަމުގައި އޭނާ ވަނީ ފައުންޑޭޝަނެއް ޤާއިމުކޮށްފައެވެ. މެގީ ކުރަމުން އަންނަ އިންސާނީ މި އަގުބޮޑު ޚިދުމަތުގެ އަގުވަޒަންކުރުމަށް އެމެރިކާއިން ވަނީ ‘ދަ ޕްރިސްޓީޖަސް ޑޫ ސަމްތިންގ‘ އެވޯޑު ލިބިފައެވެ.

އުމުރުން 18 އަހަރުގެ މެގީ އޭނާގެ ހައިސްކޫލް ޑިޕޮލޮމާ ނިންމާލުމަށްފަހު ދަބަހެއް ކޮނޑުގައި އަޅުވައިގެން އޭނާގެ އުފަން ވަޒަން އެމެރިކާގެ ނިއު ޖާރޒީ އިން ނިކުތީ ކޮލެޖަށް ދާން ފެށުމުގެ ކުރިން ދުނިޔޭގައި ބުރު ޖަހައިލުމަށެވެ. ނަމަވެސް އެ ދަތުރު ވެގެން ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ދަތުރަކަށެވެ.

މެގީގެ ވާހަކަތައް ވަރަށް ޝައުޤުވެރި އެވެ. ވީޑިއޯ ރަނގަޅަށް ބަލައިލުމުން ހަމްދަރުދީގެ ކަރުނަ ލޮލުން އޮހޭނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މޮޔައިން2 އަހަރު ކުރިން

ބޭފުޅާ މީގަ ކޮބައިތޯ އިން ޕްރޮމޯޓްކޮށްފަ

ފިރާްުްުޤު2 އަހަރު ކުރިން

މީ އިންދިޔާ މީހުން ޕުރޮމޯޓު ކުރާ ނޯސްތަކެއް

Home
Menu
Search
Back to top