ދީނީ ސުވާލެއް އޮތީތަ؟
ހާދިސާ
ވިހެއުމަށްފަހު ބާލިދީއަކަށް ލާފައި އޮތް ކުއްޖެއް ފެނިއްޖެ

ވިހެއުމަށްފަހު ބާލިދީއަކަށް ލާފައި އޮތް ކުއްޖެއް ގދ. ވާދޫން ފެނިއްޖެ އެވެ. ކުއްޖާ ފެނުނުއިރު މަރުނުވާކަމަށާއި މިހާރު އެކުއްޖާ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

 

ކުއްޖާ ވިހެއުމަށްފަހު ފާޚާނާގައި ހުރި ކަޅު ބާލިދީ އަކަށް ލާފައި އޮއްވާ ފެނިފައިވާއިރު، އެކުއްޖާ ބާލިދީ ތެރޭގައި އޮއްވާ ނަގާފައިވާ ފޮޓޯއަކާއި ހޮސްޕިޓަލެއްގެ އެނދެއްމަތީގައި ބާއްވާފައިވާ ފޮޓޯއެއް މުނިއަވަސް އަށް ވަނީ ލިބިފައެވެ.

 

ވާދޫ މީހަކު ބުނީ އެކަން ހިނގާފައިވަނީ މިރޭ 7:00 އެހާ ކަންހާއިރު ކަމަށެވެ. ކުއްޖާގެ މަންމަ ކުއްޖާ ވިހެއުމަށް ފަހު ފާހާނާގެ ލޭތައް ދޮވެ ސާފުކޮށްފައި ކައިރި ގެއެއްގެ އަންހެނަކަށް ގޮވި ކަމަށް އެމީހާ ބުންޏެވެ. “ގޮސް ބެލިއިރު ކުއްޖާ އޮތީ ފާހާނާގައި ހުރި ބާލިދީ ތެރެއަށް ލާފަ”  ވާދޫން މަޢުލޫމާތު ދިންމީހާ ބުންޏެވެ.

 

ވިހޭ އަންހެން މީހާ ބަނޑުބޮޑު ކަމަށް މީގެ ކުރިން އެތައް ފަހަރަކު ރަށު މީހުން އެހުމުންވެސް އިންކާރުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

 

އެއަންހެން މީހާއަކީ މިހާރު މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ.

 

މިކަމުގައި ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top