ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޒަކިއްޓެގެ ފުރަތަމަ އޮރިޖިނަލް ލަވަ “ހީލާށޭ”ގެ އޯޑިއޯ ޓީޒަރ ނެރެފި

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ލަވަ ކިޔުންތެރިޔާ ހަސަން އިރްފާން (ޒަކިއްޓެ)ގެ ފުރަތަމަ އޮރިޖިނަލް ލަވަ “ހީލާށޭ”ގެ އޯޑިއޯ ޓީޒަރ ސައުންޑްކްލައުޑަށް ދޫކޮށްލައިފި އެވެ.

 

 

އޯޑިއޯ ޓީޒަރ ދޫކޮށްލަމުން ޒަކިއްޓެ ބުނީ “ހީލާށޭ” އަކީ އޭނާގެ ފުރަތަ އޮރިޖިނަލް އުފެއްދުން ކަމަށާއި ރަސްމީ ލަވައިގެ އޯޑިއޯ އާއި ވީޑިއޯ މިމަހު ފަހުކޮޅު ރިލީޒްކުރާނެ ކަމަށެވެ.

 

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ފަޅު ފިލުވާލައި އެންމެން ހެއްވާލި ޒަކިއްޓެގެ ފުރަތަމަ އޮރިޖިނަލް ލަވަ މިމަހު ފަހުކޮޅު ނެރެން ތައްޔާރުވެފައި ވާއިރު، ފެބްރުއަރީ 04 ގައި ރިލީޒްކުރާ ޑާކް ރެއިން އެންޓަޓައިމަންޓުގެ ކްރައިމް ތުރިލާ “ގޮށްރާޅު”ން ޒަކިއްޓެ ބޮޑު ސްކްރީނަށް ވެސް ތައާރަފު ވެގެން ދާނެއެވެ. ޒަކިއްޓެގެ އަމިއްލަ ލަވައިގެ މަސައްކަތް ވެސް މަޑު ޖައްސައިލީ ޒަކިއްޓެ ބުނާގޮތުން އޭނާގެ ‘ފަސްޓް އަދި ލާސްޓް’ ފިލްމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

 

 

ސަކަ މިޒާޖުގެ ޒަކިއްޓެ “ގޮށްރާޅުން” ފެނިގެންދަނީ ގޭންގް މީހެއްގެ ސީރިއަސް ރޯލަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top