ޤައުމީ ދާރުލްއާސާރާއި، އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޤައުމީ ދާރުލްއާސާރުގައި މިމަހުގެ 07 ވަނަދުވަހު އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޤައުމީ ދާރުލްއާސާރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބެލެހެއްޓުމާއި ގުޅޭގޮތުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން އާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވަނީ ޤައުމީ ދާރުލްއާސާރަށާއި ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކުރައްވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި