ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލިމާލޭގައި “ވެޓްރިނަރީ” ޚިދުމަތްދޭން ފަށައިފި

ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާދިނުން ނުވަތަ “ވެޓްރިނަރީ” ޚިދުމަތްދޭން ފަށައިފި އެވެ.

މިއީ ފިޝަރީޒް މިނިސްޓްރީން ފެއްޓެވި ޚިދުމަތެކެވެ. ވިލިމާލޭގައި ހުޅުވި ވެޓް ކްލިނިކު ހުންނާނީ ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތުގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން ހުޅުވާ ކްލިނިކުން ހިދުމަތްދޭނީ އެޕޮއިންޓްމަންޓް ދޫކޮއްގެން ކަމަށެވެ. އަދި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އަށް ކަމަށެވެ.

އެ ކްލިނިކުން ހިދުމަތް ލިބޭނީ އެޕޮއިންޓްމެންޓު ހަމަޖައްސައިގެންނެވެ. އެ ކްލިނިކުން، އާންމު ބަލިތަކާށާއި ކުއްލި ހާލަތަށް ނަގާނީ 50 ރުފިޔާ އެވެ. ވެކްސިން ޖަހައިދިނުމާއި، މައިކްރޯޗިޕް ހަރުކުރުމާއި، ނިއުޓާކޮށްދިނުމާއި އެހެނިހެން ކުދި ސާޖަރީ ހަދައިދޭނީ 100 ރުފިޔާ އަށެވެ

މި ޚިދުމަތް ދޭން ފަށާފައިވަނީ މިއަދު ހެނދު އެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top