ރޭ ހުޅުމާލޭގައި ވެސް ޒުވާން އަންހެނަކު ގޮތް ނޭނގޭ ގޮތަކަށް ވަނީ މަރުވެފައި އޮއްވާ ފެނިފައިވާއިރު މިއަދު މާލެއިން ވެސް ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޒުވާނަކު މަރުވެފައި އޮއްވާ ފެނުނީ މ. ރަމާގުލްޝަން ކިޔާ ގެއަކުންނެވެ. އޭނާ މަރުވީ ކިހިނެއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ ފުލުހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި އުމުރުން 27 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެފައި އޮއްވާ ރޭ ފެނިފައިވާއިރު އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާގެ ނިޝާނެއް ފެންނާކަށް ނެތެވެ.
ހުޅުމާލޭގައި ރޭ މަރުވި ޒުވާން އަންހެން މީހާގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މުރަކަ 7، އާއިޝަތު ވިޝާމާ، 27 ގެ މައްސަލަ އެ އިދާރާއަށް ހުށަހެޅީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށެވެ. އޭނާ މިއަދު ހެނދުނު 9:30 ހާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނީ އޭނާ މަރުވީ ޕާޓީ ޑްރަގަށް އޯވަޑޯޒްވެގެން ކަމަށެވެ.
