ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. މާމެންދޫ ގެއަކުން މަސްތުވާތަކެތި ހޯދައިފި

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.މާމެންދޫ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

މިތަކެތި ހޯދާފައިވަނި މާމެންދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އާންމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ 12 ވަނަ ދުވަހު 1:35 ހާއިރު މާމެންދޫ ޕޮލިސް  ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

 

ފުލުހުން ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއެކު އެގޭގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ހޮޅިކޮޅުފެނިފައި ވެއެވެ.

 

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

 

މިމައްސަލަ ލ.މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top