މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ޗައިނާގެ އެމްބަސީ ގުޅިގެން ބާއްވާ ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ޝޯ ދިނުމަށް ޗޮންގކިންގ މުނިސިޕަލް އާޓް ޓުރޫޕު މިރޭ އިރާކޮޅު ރާއްޖެ އަތުވެއްޖެ އެވެ.
ޗައިނާގެ ސަގާފީ ޝޯ އަކީ މިމަހު 18 ގައި ”ޗޮންގްކިންގް މުނިސުޕަލް އާޓް ޓުރޫޕު“ން ހުށައަޅައިދޭ ސަގާފީ ޝޯއެކެވެ. އޮލިންޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯ އެއްވެސް އަގަކާއި ނުލައި ބަލައިލެވޭނެ އެވެ. ޝޯ އޮންނާނީ ރޭގަނޑު 20:15 ގައެވެ.
ހެރިޓޭޖު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު އިބްރާހިމް ވިދާޅުވީ ޗައިނާގެ ސަގާފީ ޝޯގައި ޖުމްލަ 13 އައިޓަމެއް ހުށައަޅާނެ ކަމަށެވެ. އެ އައިޓަމް ތަކުގެ ތެރެއިން އެއް އައިޓަމް ހުށައެޅުމުގައި ހަބޭސް ބޮޑުބެރު ގުރޫޕު ބައިވެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ސަގާފީ ޝޯ ހުށައަޅައިދިނުމަށް ޖުމްލަ 40 ބައިވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހުވެސް ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ޝޯއެއް ބާއްވާފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




