ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް އާއި ޗައިނާގެ އެމްބަސީ ގުޅިގެން ރޭ އޮލިމްޕަހުގައި ބޭއްވި ޗައިނާގެ ސަޤާފީ ޝޯ ގައި ޗައިނާ ބަހުން ކިޔާފައިވާ ލަވައަކަށް ހަބޭސް ބޮޑުބެރު ގްރޫޕުން ވަރަށް ހަބޭސް އައިޓަމެއް ހުށައަޅައިފިއެވެ.
ރޭ 20:15 ން ފެށިގެން ކުރިއަށްދިޔަ ޝޯގައި ޗައިނާގެ ސަގާފީ ގިނަ އައިޓަމްތަކެއް ހުށައެޅިގެން ދިޔައިރު، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ’ހަބޭސް‘އިން ޗައިނާ ބަހުން ކިޔާފައިވަ ލަވައަކަށް، ތަފާތު އަދި އެހާމެ ފޯރިގަދަ ބޮޑުބެރު އައިޓަމެއް ގެނެސްދިނެވެ. ޗައިނާބަހުން ލަވަ ހުށައެޅީވެސް ރާއްޖޭގެ ފަންނާނުންނެވެ.
ރޭގެ ޝޯ އަކީ ޗައިނާގެ ”ޗޮންގްކިންގް މުނިސުޕަލް އާޓް ޓުރޫޕު“ ގެ ސަގާފީ ޝޯއެކެވެ. މި ޝޯ ގައި ޗައިނާގެ ނެށުންތަކާއި، އެކްރޮބެޓިކްސް، މާރޝަލް އާޓް ފަދަ ތަފާތު ހަރަކާތްތަކެއް ފެނިގެންދިޔައިރު، ޝޯ ބަލައިލުމަށް ގިނަ އަދަދެއްގެ މީހުން އޮލިމްޕަހަށް ދިޔަކަން ފާހަގަކޮށްލެވެއެވެ.
އޮލިމްޕަހުގައި މިވަގުތު ކުރިއަށްދާ ޗައިނާގެ ސަގާފީ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ހަރަކާތުގެ ތެރެއިން @yumna_maumoon @ikramn @DhilooDhilaa @NCA_MDV@HabeysBoduberu pic.twitter.com/Act7UPnL6L
— Ministry of Arts, Culture and Heritage (@MACH_MV) February 18, 2019
ޗައިނާގެ ޖުމްލަ 40 ބައިވެރިން އެޝޯ ހުށައަޅައި ދިނުމަށް ރާއްޖެ އައިކަމަށް މަޢުލޫމާތު ލިބެއެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހުވެސް ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ޝޯއެއް އޮލިމްޕަހުގައި ބޭއްވުނެވެ.
Chinese Cultural Troupe from Chongqing shows off their marvelous acrobatic skills. @yumna_maumoon @ikramn @DhilooDhilaa @NCA_MDV pic.twitter.com/A1F2UxMWMD
— Ministry of Arts, Culture and Heritage (@MACH_MV) February 18, 2019
ރޭގެ ޝޯ ބައްލަވައިލެއްވުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ދުންޔާ މަޢުމޫނާއި އެ މިނިސްޓްރީގެ އެކި ޑިޕާޓްމެންޓްތަކުގެ ބޭފުޅުންގެ އިތުރުން ރާއްޖޭގައި މިވަގުތު ތިއްބެވި އިސް ޑިޕްލޮމެޓުން ވަޑައިގެންނެވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




