ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް” ގައި ބައިވެރިވުމުގެ ފުރުޞަތު

ސިންގަޕޫރުގެ ޕެސެޖް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްއަށް ފިލްމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމަށް ދައްކަންޖެހޭ ސަބްމިޝަން ފީ އަދި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ފިލްމު ބައިވެރިކުރާ ފަރާތުން ކަމަށެވެ.

ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްއާއި ގުޅޭ އިތުރު މަޢުލޫމާތާއި ސަބްމިޝަން ފޯމް http://www.sgsaiff.comއިން ލިބެން ހުންނާކަން އެންސީއޭގެ އިޢުލާނުގައި ފާހަގަކުރައްވާފައިވެއެވެ.

ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނީ މި ފެސްޓިވަލްގައި އަންނަނިވި އެވޯޑްތަކާއި އިނާމުތައް ހިމެނޭ ކަމަސެވެ.

އެންމެ މޮޅު ފީޗާ ފިލްމު
އެންމެ މޮޅު ކުރުފިލްމު
އެންމެ މޮޅު އެކްޓަރ
އެންމެ މޮޅު އެކްޓްރެސް
އެންމެ މޮޅު ޑައިރެކްޓަރ
އެންމެ މޮޅު އެޑިޓަރ
އެންމެ މޮޅު ވާހަކަ/ސްކްރީންޕްލޭ
އެންމެ މޮޅު ސިނަމަޓޮގްރާފަރ
ސައުތު އޭޝިޔާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ ފިލްމު އުފައްދާ ފަރާތް

މީގެ ކުރިން ދިވެހި ފިލްމީ ފަންނާނުންގެ އުފެއްދުންތައް ބައިވެރިކޮށްފައިނުވާ ފިލްމު ފެސްޓިވަލްތަކަށް ދިވެހި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު އޮތްކަން މިހާރު އެންސީއޭ ހިންގެވުމާއި ހަވާލުވެ ތިއްބެވި ބޭފުޅުން ގެންދަވަނީ ފަހިކުރއްވަމުންކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top