މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަލީ ސީޒަން އަކީ މީސްމީޑިއާގައި އެންމެ ހަރަކާތްތެރި ފިރިހެން ސްޓާރުންގެ ތެރޭގައި އިސް ސަފުގައި ގުނައިލެވޭ ފަންނާނެކެވެ. ސީޒަންގެ ދާއިރާ އާއި ގުޅުންހުރި ކަންކަމުގައި ފާޑުކިޔައެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ބުނަން ބޭނުންވާ ‘އެތި’ ބުނެލައެވެ. އޮށްޓަރުހުރި ފާޑުކިޔުންތަކުން އެންމެ ފޯރި ނަގަނީ ޓްވިޓަރު ގައެވެ.
ސީޒަންގެ ފާޑުކިޔުންތައް އަމާޒުކުރަނީ ޒާތީ ގޮތުން ނޫންކަން އޭނާ ކުރާ ޓްވީޓްތަކުން އެނގެއެވެ. އެކަން އެނގެނީ މައްސަލައަށް ފޯކަސް ކޮށްގެން ފާޑުކިޔާތީ އެވެ. މުނިއަވަސް އިން ޖެހި އާޓިކަލްއެއް ޓުވިޓަރުގައި ހިއްސާކޮށްލުމާއެކު ވަގުތުން ސީޒަން ރައްދެއް ލިބުނެވެ.
“ސާޅީހުން ފަންސާހުން ސަރުކާރު ޚަރަދުގަ ފޮނުވަން ވާނީ ހަމައެކަނި މިނިސްޓަރސް ހިތާވާ ކަންކަން ކުރަން އެކަނި، އެހެން މީހުން ދާން ދޭނެ ޓިކެޓެއް ލާރިއެއް ނޯންނާނެ.” ސީޒަންގެ ޓްވީޓްގައި ބުންޏެވެ.
40 hun 50 hun sarukaaru Haradhuga meehun fonuvan Vaani hama ekani ministers hithaavaan kan kan kuran ekani ehen meehun dhaan dheyne ticket e laari nonnaane. https://t.co/pIa11AsMGS
— SeaxanAli (@seaxanali) February 25, 2019
މިއީ ޚުދު އަޅުގަނޑުވެސް ހިތަށްއަރާ އެއްޗެކެވެ. ފެސްޓިވަލް ތަކަށް ފުރުޞަތު އޮތްކަމަށް ބުނެ އެންސީއޭއިން ކުރާ އިޢުލާނުތަކުގައި ޖުމްލަތައް ތަރުތީބުކޮށްފައި ހުންނަ ފޯމެޓް ހަމަ ކޮންމެ މިފަދަ އިޢުލާނެއްގައިވެސް އެއްގޮތްވަނީ ‘ބައިވެރިން ޚަރަދުކޮށްގެން’ ކުރަން ޖެހޭނެ ކަމަށް ބުނެފައި އޮންނަ އިބާރާތުންނެވެ.
ފިލްމީ ފަންނާނުން، މޫސީގީ ފަންނާނުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ބޭރުގެ ޤައުމުތަކުގައި ބާއްވާ މަހާސަމާ (ފެސްޓިވަލް)ތަކަށް ގޮސް އެވޯޑް ހޯދައިގެން އަންނާށޭ، އޭގެ ޝަރަފުވެރިކަން ލިބިގަންނާނަމޭ ސަރުކާރުން ބުނާކަހަލަ އެވެ. މިއީ ހަމަ ކޮންމެ ސަރުކާރެއް އޮތަސް މިކަންތައްތައް ހިނގަމުން އަންނަ ގޮތެވެ.
ރަޝިއާގެ މިއުޒިކް ފެސްޓިވަލެއްގައި ދިވެހިރާއްޖެ ތަމްޞީލު ކުރުމަށް ސިމްބޮލިކް ރިކޯޑްސްއަށް ލިބުނު ފުރުޞަތެއް، ދިވެހި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގެއްލިގެން ދިއުމަކީ މި ލޭބަލްއިން ހިތާމަކުރާ ކަމެއް. #RathaaKalhugeLashkaru
— Symbolic Records (@SymbolicRecords) April 29, 2019
“ރަޝިއާގެ މިއުޒިކް ފެސްޓިވަލެއްގައި ދިވެހިރާއްޖެ ތަމްޞީލު ކުރުމަށް ސިމްބޮލިކް ރިކޯޑްސްއަށް ލިބުނު ފުރުޞަތެއް، ދިވެހި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގެއްލިގެން ދިއުމަކީ މި ލޭބަލްއިން ހިތާމަކުރާ ކަމެއް.” މިއީ ސީޒަން ފާޑުކިޔާ ކަހަލަ ކަމެކެވެ. ސިމްބޮލިކް ރިކޯޑްސް އިން މިދިޔަ އޭޕްރީލްމަހު 29 ގައި ކޮށްފައިވާ ޓްވީޓުން ފެނިގެން ދިޔައީ ކަންބޮޑުވާންޖެހޭ ފަދަ ކަމެކެވެ.
28-03-2019 miyadhu ves Dhivehin film e balaalan ulheyhaalu @yumna_maumoon @muni_avas #MinoonDhuvahe pic.twitter.com/g2B6ewHbHp
— SeaxanAli (@seaxanali) April 3, 2019
ދިވެހި ފިލްމެއް ބެލުމަށް ރަށްރަށުގައި އުޅެންޖެހޭ ހާލަތު އެނގޭނީ އެކަމެއްގައި އުޅޭ ބަޔަކަށެވެ. ސްކޫލްތަކުގެ ހޯލުތައް ކުއްޔަށް ދިނުން ހުއްޓާލައިފި އެވެ. ގޮނޑިއެއްހައި ހިސާބުވެސް ކުއްޔަށް ނުދޭން ފަށައިފިއެވެ. މިފަދަ ކަންކަމަށްވެސް އެންމެ ގިނައިން ފާޑުކިޔައި މިނިސްޓްރީ އާއި އެންސީއޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ އެއް ފަންނާނަކީ ސީޒަންކަން ފާހަގަކޮށްލެވެއެވެ. އެހެން ފަންނާނުން ވެސް މިކަންކަމުގައި ފާޑުކިޔައި، ކަންކަން އިސްލާޙްކުރުމަށް މަސައްކަތް ނުކުރާވާހަކަ އެއް އަޅުގަނޑެއް ނުދަންނަވަމެވެ.
Projector ge massala mihaaru vaguthee gothun vanee hallu kohdhehvaafa mirey 40+ primer kuraane. Thank you @yumna_maumoon @DhilooDhilaa @ikramn @MACH_MV @NCA_MDV
— SeaxanAli (@seaxanali) March 5, 2019
ކަންކަން ހައްލުކުރުމަށް ފާޑުކިޔަންޖެހެއެވެ. ފާޑުކިޔުމަކީ ޖެއްސުންކުރުން ކަމަކަށް ޕްރޮފެޝަނަލް ބޭފުޅުން ޤަބޫލެއް ނުކުރާނެއެވެ. އެހެންކަމުން ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި ދާއިރާތަކުން ކުރަންޖެހޭ ކަންކަމާއި، ކުރާ ކަންކަމާއި، ކޮށްފައިވާ ކަންކަމަށް ބިނާކުރަނިވި ފާޑުކިޔުމުން މައްސަލަތަކުގެ ހައްލާއި ހަމައަށް ވާޞިލްވުމަށް އަވަސްވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
