ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ހަތްވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ދަސްވެނިވުން ކަނޑުއަޑީގައި ބާއްވައިފި އެވެ. ދަސްވެނިވުން ބޭއްވީ މިމަހުގެ 18 ވަނަ ދުވަހު ހެނދުނު އެމްއެންޑީއެފް ގިރިފުށި ޓްރޭނިންގ ސެންޓަރުގައާއި ކަނޑުއަޑީގައެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތަށްޓާއި އިނާމު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެކަމަނާ ވަނީ މި ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރެވެ.
މި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ޗީފް އޮފް ޑިފެންސް ފޯސް ބެޖު ހަވާލުކޮށްދެއްވާފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
Chief of Defence Force @CDFofMNDF Awarded the Diving Badges to the Participants of 7th Coast Guard Basic Diving Course in an Underwater Ceremony Today pic.twitter.com/R1EW8dEbfu
— Maldives National Defence Force (@MNDF_Official) April 18, 2019
ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލ.ކޯޕްރަލް އިޝާގް ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަޤާމް އެމްޑީޔޫ 2 ގެ ލ.ކޯޕްރަލް މިފްތާޙް އިބްރާހީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ ލ.ކޯޕްރަލް ޗަތުރަންގާ އެލްއޭއެސްއެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލ.ކޯޕްރަލް ހަސަން ޢަލީ އެވެ.
މި ކޯހުގައި ބައިވެރިންނަށް ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، މިޝަން ޕްލޭނިންގ، ޑައިވިންގ ފަސްޓް އެއިޑް، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ވަނީ ކިޔަވައިދީފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.
2019 ޖަނަވަރީ 14 ވަނަ ދުވަހު ފެއްޓި މި ކޯހަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދެވުނު ކޯހެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުމުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަނީ
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި




