އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒް މިއަދު ހަވީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ކެޕްޓަން މުޙައްމަދު ރާމިޒް (48 އ) ނިޔާވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ޕީޓީއަށް ނިކުމެ ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ވެއްޓުމާއެކު ފަރުވާއަށް ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނެވެ.
ކެޕްޓަން މުޙައްމަދު ރާމިޒްގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެެެއެވެ.
ކެޕްޓަން މުޙައްމަދު ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ މެޑަލި، އަޚްލާޤީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚުލާޤީ ކުލަ 3 ފަހަރަށް ،އިޚްލާޞްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.
ކެޕްޓަން މުޙައްމަދު ރާމިޒް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ.
ކެޕްޓަން ރާމިޒް ނިޔާވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޕޯސްޓިންގ ގައި ރަސްމީ ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




