ވާހް، ވާހް ކަނބުލޯއެވެ.
މިހާރު ކައްކަން ތިޔަ ގެންގުޅޭ އުނދުނުން، ތެއްޔަށް އެންމެ ދެލިކޮޅެއްވެސް ނާރާތީ ތިޔަ ތިބެނީ ވަރަށް ހެވިފައިދޯ އެވެ.
އެކަމަކު ކަނބުލޮމެން މިއަދު ތިޔަހެން ހެވިފައި ތިބިޔަަސް، ‘އަހަރެން’ގެ ބޭނުން ހިފީ މަދު ދުވަސްކޮޅަކު ނޫނެވެ.
ކަނބުލޮމެން ‘އަހަރެން’މަތިން ހަނދާންވޭ ހެއްޔެވެ؟
އާޗާ، ފައްކާ އިނގޭއޭ ބުނެ އެދުވަހު ކަނބުލޮމެން އަހަންނަށް ކިހައި ތަޢުރީފެއް ކުރިންހެއްޔެވެ؟
ދަރު އުނދުން އެކަށް ބާކީ ކޮށްލީ ބަލަ އަހަރެންގެ ޝަރަފުގައި ނޫންހެއްޔެވެ.
އެކަމަކު މިއަދު އެކަން ހަނދާންހުރީ ކިތައް ކަނބުލޮކަމެއް ބުނާކަށް ނޭނގެއެވެ.
ބަލަ، ކަނބުލޮމެން ‘އަހަރެން’މަތިން ހަނދާންވޭ ހެއްޔެވެ؟
ފުޅަފި ޖައްސައިގެން ނޫނީ ފެންފޮޅި ނުފިހެވޭނެކަމަށް ބުނެ އުޅުނު ކަނބުލޮމެން ‘އަހަރެން’ގެ ބޮލަށް ސަވާރުވެ ކިތަކެއް ފެންފޮޅި ފިހުނިން ހެއްޔެވެ؟
ދަރު އުނދުނުން އަޅިބުރާތީ އެސޮރުމެން ބާކީކޮށްލި ގޮތަށް، ‘އަހަރެން’ ބާކީކޮށްލީ ގެދަބުޅި ބުރާތީޔޯލަ އެވެ.
މައްސަލައެއް ނެތެވެ. ‘އަހަރެން’ ބާކީކޮށްލިޔަސް، ސާސްކަފްގެ ފެށުމާއި ހަމައަށް އަހަރެން އޮންނާނީ ބަދިގެތަކުގައި ރަސްކަން ކޮށްފައެވެ.
އެކަމަކުވާދޯ އެވެ. ކަނބުލޮމެން ‘އަހަރެން’މަތިން ހަމަ ކުޑަކޮށްވެސް ހަނދާން ނުކުރަމުހެއްޔެވެ؟
މައްސަލައެއް ނެތެވެ. ޒަމާން ބަދަލުވެ ތަރައްޤީވުމުން ގޭސް އުނދުނަށް ބަލުކުރީއެވެ.
ކަރަންޓު އުނދުނާއި އެހެންވެސް ފަންނިއްޔާތުތައް އީޖާދުކޮށް އައުގޮތްތައް ހޯދުމަކީ އިންސާނީ ޠަބީޢަތެވެ.
އެކަމަކުވެސް އަހަރެމެންނަށް އޭރު ދިން ޤަދަރާއި އިޙްތިރާމު، މިއަދުވެސް ދިނުން އެއީ ރިވެތި ގޮތެއްދޯ އެވެ.
އަހަރެންގެ ބަހަކީ، ކަލުންނާއި ކަނބަލުންވެސް އިހު އުޅުގޮތްތައް ދުވަހަކުވެސް ހަނދާން ނައްތައިނުލުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި