ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނަމަ” ޑްރާމާގެ އޮރިޖިނަލް ސައުންޑް ޓްރެކް މިހާރު ލަވަފޮށީގައި

ރަމަޟާން މަހު ޓީވީއެމް އިން ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގައި ވެމްކޯ އިން ގެނެސްދިން ޑްރާމާ “ނަމަ”އިގެ އޮރިޖިނަލް ސައުންޑް ޓްރެކް މިހާރު ލަވަފޮށިން އަޑުއަހައިލެވޭނެ ކަމަށް ޑްރާމާގެ ޑައިރެކްޓަރ، އެކްޓަރ އަޙްމަދު ސަޢީދު ބުނެފިއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑްރާމާ “ނަމަ”އިގެ ތީމް ލަވަ ‘ނަމަ’ އާއި ‘ކަނި’ މި ދެލަވަ މިހާރު އަޑުއަހައިލެވެން ހުންނާނެ ކަމަށް ސައީދު ބުންޏެވެ.

‘ނަމަ’ ލަވައިގެ އަޑުގެވެރިންނަކީ ޙައްވާ އަޝްރާ އާއި ރުޝްދާން އެވެ. ‘ކަނި’ ލަވައިގެ އަޑުގެވެރިއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

ވެމްކޯ ޑްރާމާ “ނަމަ”އިން ގެނެސްދީފައި ވަނީ ޒަވާޖީ ޙަޔާތެއް ރޫޅުމުން އެކަމުގެ ސަބަބުން ދަރިންނަށް ކުރާ ނޭދެވޭ އަސަރުގެ ސަބުން ކުރިމަތިވާ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ވެމްކޯ ޑްރާމާގައި ފުލުހުންގެ މަސައްކަތް ވަރަށް ޕްރޮފެޝަނަލްކޮށް ދައްކުވައިދީފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފުލުހުންގެ ކްރައިމް ޑިޕާޓްމަންޓާއި ފޮރެންސިކް ފުލުހުންގެ މަސައްކަތްވެސް ދިވެހި ފިލްމެއްގައި މީގެ ކުރިން ދައްކާފައިނުވާހާ މޮޅަށް ގެނެސްދީފައި ވާކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.

ވެމްކޯ ޑްރާމާގައި ވެމްކޯގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ މައްޗަށް އާއްމުން ހޭލުންތެރިކުރުވުމަށް ވެސް ބައެއް މަންޒަރުތަކާއި މެސެޖްތައް ހިމަނާފައި ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top