އައްޑުއާއި 588ކިލޯމީޓަރު ދުރުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލްސާވޭ އިން ރިޕޯޓްކޮށްފައިވާގޮތުން 5.8 މެގްނިޓިއުޑްގެ މި ބިންހެލުން އައީ ރާއްޖޭ ގަޑިން 14:44 ގައެވެ. ބިންހެލުން އައިސްފައިވަނީ ’ކާރލްސްބާރޖް ރިޖް‘ ހިމެނޭ ސަރަހައްދަށެވެ.
މި ބިންހެލުން އައިކަމަށް ރިޕޯޓްކޮށްފައިވާ ވަގުތުގެ ދެ މިނެޓް ފަހުން ލ. އަތޮޅުގެ ބައެއް ފަރާތްތަކުން ލޮޅުމެއް އިޙްސާސްކުރެވުނު ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ރާއްޖޭ ގަޑިން މިއަދު މެންދުރު ފަހު 2:44ގައި މިބިން ހެލުން އައިސްފައި ވަނީ، އައްޑޫ ސިޓީގެ ހުޅަނގުން އިންޑިއާ ކަނޑުގެ ތެރޭގައިވާ ކާލްސްބާގު ރިޖަށެވެ.

ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ނަމަވެސް މިބިންހެލުމާއި ގުޅިގެން ދެކުނުގެ ބައެއް އަތޮޅުތަކަށް ވަނީ ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވިފައެވެ.
މިގޮތުން ކައްދޫ އެއާޕޯޓުގެ ޓަވަރަށް ގުޑުން އިހްސާސް ކުރެވުނު ކަމުގައި އެ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




