ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކާކު؟”ގެ ރަސްމީ ޓްރެއިލަ ރިލީޒްކޮށްފި

މަޝްހޫރު ނެށުންތެރިޔާ އިބްރާހިމް ސޮބާޙް (ކުޑަ ސޮބާ) އަލުން ފިލްމީ ދާއިރާއަށް އައިސް އެންމެ ފުރަތަމަ ފެނިގެންދާ ފީޗާ ފިލްމު ”ކާކު؟”ގެެ ރަސްމީ ޓްރެއިލަރ މިއަދު ރިލީޒްކޮށްފިއެވެ. މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ‘މީ ޕްރޮޑަކްޝަންސް’ އިން އުފައްދާ ބިރުވެރި ފިލްމު ”ކާކު؟”ގެ ޓްރެއިލަރ އިން ބިރުވެރި އެތައް މަންޒަރުތަކެއް ފެނިގެންދެއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ޣޭ ފިލްމު ”ކާކު؟”ރިލީޒްކުރުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 24 ގައެވެ.

ބިރުވެރި ފިލްމު ”ކާކު؟”ގެ ތަރިންގެ ތެރޭގައި ކުޑަ ސޮބާގެ އިތުރުން ’ފޯޓީ ޕްލަސް‘ އާއި ވެބް ސީރީޒް ’ހުވާ’ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ހުނަރުވެރި ތަރި އިރްފާނާ އިބްރާހީމް (އިރޫ) އާއި މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ހާމިދު އަލީ އާއި ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން ’މީ ޕްރޮޑަކްޝަން‘ އިން އުފެއްދި އެމީހުންގެ ފުރަތަމަ ވެބްސީރީޒް ’އަހަރެންވެސް ލޯބިވޭ‘ އިން ފެނިގެންދިޔަ އައިޝާތު ޔާސިރާ ހިމެނެއެވެ.

މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުުއްފުށީ ބައެއް މީހުންވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ. މި ފިލްމުން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

https://www.facebook.com/kaakuthemovie/videos/338750703731560/?v=338750703731560

މަހްދީ އަހްމަދުގެ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

ފިލްމު ”ކާކު؟“ގެ އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާއެވެ. ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ’ޕެންޓަގްރާމް‘ އިންނެވެ. ކެމެރާ ކޮށްފައިވަނީ މާއެނބޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top