މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ން 27 އަށް މިސްރުގެ ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް “ސަމާ” ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ގުރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ކަމަށްވެސް އެންސީއޭއީން ބުނެއެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕްއަކުން ކަމަށް އެންސީއޭ އިން ބުނެއެވެ.
ފެސްޓިވަލަށް ދާން ޝައުގުވެރިވާ ގްރޫޕްތަކުން މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު މިކަމަށް ޚާއްޞަކޮށްފައިވާ [email protected] އަށް މެއިލް އެޑްރެހަށް މެއިލްކުރުމަށް އެންސީއޭއިން އެދެއެވެ.
މި ފެސްޓިވަލް އާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3344667 ފޯނު ނަންބަރު އެންސީއޭ އިން ވަނީ އާއްމުކުރައްވާފައެވެ.
