ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެންސީއޭ އިން މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކައިލުމުގެ ގޮތުން މިއުޒިކް ފެސްޓިވަލެއް ބާއްވަންް ނިންމާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި މިއުޒިކް ފެސްޓިވަލް ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 11 އާއި 12 ގައި މާލޭގަ އެވެ.

ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ބޭންޑްތަކާއި ސޯލޯ އާޓިސްޓުންނަށްނާއި މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުން މި މަހުގެ 19 ގެ ކުރިން ބައިވެރިވުމަށް ފޯމު ހުށައެޅުމަށް އެންސީއޭ އިން އެދެއެވެ. ފެސްޓިވަލް ގައި ބައިވެރިވުމަށް އެދޭ ފޯމު އެންސީއޭގެ ވެބްސައިޓުން މިހާރު ޑަައުންލޯޑް ކުރެވޭނެ އެވެ.

އެންސީއޭ އިން ބުނީ ގޮތުގައި އަންނަ މަހު ބާއްވާ ފެސްޓިވަލްގައި ދިވެހި އާޓިސްޓުންގެ ހުނަރު އެއް ތަނަކުން ދައްކައިލެވި، އާޓިސްޓުންގެ މެދުގައި ގުޅުން ވެސް ބަދަހި ކުރެވޭނެ ކަމަށެވެ.

އެންސީއޭ އަކީ ދިވެހި ފަންނުވެރިންގެ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top