ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެސްނާ މަތިންދާބޯޓެއްގެ އިންޖީނު މައްސަލަޖެހިގެން މޫދަށް ޖައްސައިފި

އައްޑޫ ފްލައިން ސްކޫލްގެ ސެސްނާ މަތިންދާބޯޓެއްގެ އިންޖީނު މައްސަލަޖެހިގެން ޝަންގްރިއްލާ ރިސޯޓް ކައިރި މޫދަށް ޖައްސައިފި އެވެ. ބޯޓު ވެއްޓުނުއިރު އޭގައި ތިބި ދެމީހުންވަނީ ދޯންޏެއްގައި ސަލާމަތްކޮށްފައެވެ.

“މުނިއަވަސް”އަށް މަޢުލޫމާތު ލިބިފައިވާގޮތުން ބޯޓު ވެއްޓުނު އިރު ބޯޓުގައި ތިބީ ދެ ފަޅުވެރިންނެވެ. އެއީ ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކާއި އޭނާގެ އިންސްޓްރަކްޓަރެވެ.

މަތިންދާބޯޓް ވެއްޓުނީ މިއަދު ހަވީރު 04:08 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޖީނުގައި މައްސަލަޖެހިގެން މޫދަށް ބޯޓު ޖެއްސުމާއެކު އެގައިތިބި މީހުން ސަލާމަތްކުރީ ޝަންގްރިއްލާ ރިސޯޓުގެ ޑައިވިންގ ދޯންޏަކުންނެވެ. ބޯޓުގައި ތިބި ދެ ފަޅުވެރިން މިހާރު ވަނީ ޝަންގްރިއްލާ ރިޒޯޓަށް ގެންގޮސްފައެވެ.

ސެސްނާ މަތިންދާބޯޓު ވެއްޓުނު ދިމާ އަޑިއަށް ގޮސްފައިވާކަމަށް މުނިއަވަސް އަށް އައްޑޫގައި ހުރި މީހަކު މަޢުލޫމާތު ދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top