ޢީދާއި ދިމާކޮށް ބޮޑުބެރު ގްރޫޕްތަކާއި މިއުޒިކް ގްރޫޕްތައް އަދި ޓީވީ ޗެނަލްތަކުން ޢީދަށް ޚާއްޞަކޮށްގެން ލަވަ ނެރުމަކީ މިހާރު ފުދޭވަރަކަށް އާއްމު ކަމެކެވެ. މި އަހަރުގެ އަޟްހާ ޢީދަށްވެސް މިފަދަ ލަވަތައް ރިލީޒްކޮށްފައިވާއިރު ހަވާސް ބޮޑުބެރު ގްރޫޕްގެ ޢީދު ލަވަ ”ޢީދު ވެދުން“ ވަރަށް ތަފާތުވެފައި ރީއްޗެވެ.
”ޢީދު ވެދުން“ ލީޑްކޮށް ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަނުން ވިދައިލި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ހަމްދާން އާއި އިކްރާމް މުހައްމަދުގެ ހިތްގައިމު އަޑުންނެވެ.
ހަވާސް ސްޓޫޑިއޯގެ މި އުފެއްދުން ވަރަށް ވެސް ތަފާތެވެ. އޯޑިއޯގެ ތަފާތުކަމަށްވުރެން ބޮޑަށް، ތަފާތީ ވީޑިއޯ އެވެ. ވީޑިއޯގެ ޑައިރެކްޝަން އާއި ކޮރިއޮގްރަފީގެ މަސައްކަތުގެ ފުރިހަމަކަމަށް ތަޢުރީފް ޙައްޤެވެ.
ރަށެއްގެ ކުދި ބޮޑު ރައްޔިތުން ފޯރިއާއެކު ނަށަމުން، ސަކަރާތް ޖަހަމުން އެކަކު އަނެކަކު ގަޔަށް ކުލަޖަހާ މަންޒަރު ފެނިގެން ދެއެވެ. ލަވައިގެ ފޯރިގަދަކަން ދައްކުވައިދީފައިވަނީ ޢީދުގެ ރަހަ ކިތަންމެހައިވެސް ރަނގަޅަށް އެކުލަވައިލައިގެންނެވެ.
”ޢީދު ވެދުން“ ޝޫޓްކުރީ ރ. ދުވާފަރުގައެވެ. ލަވައިގެ ހިތްގައިމު ޑައިރެކްޝަން ހެދީ އިބްރާހިމް ސަޢީދުއެވެ. ލަވައިގެ ފުރިހަމަ ސިނަމޮޓަގްރަފީ ތައްޔާރުކުރީ ތަސްނީމް ހަސަން (ތައްތި) އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އެޓިއުޑް ބޭންޑެވެ. ލަވައިގެ މެލޮޑީ އަދި ލިރިކްސް ތައްޔާރުކުރީ ޔާފިއު އަލީ (ޕިންކޭ) އެވެ.
މިހައި ފުރިހަމަ ”އީދު ވެދުމެއް“ ހަވާސް އިން އާއްމުކޮށްފައިވާއިރު، މިއީ ލަވައަށް ލޯބިކުރާ ފަރާތްތަކުން ކޮންމެހެންވެސް ބަލައިލަންޖެހޭ ފަދަ ރީތި، ފުރިހަމަ ލަވައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




