ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީއެއްގައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ. ސޮނާކްސީ ރާއްޖެ އައީ އޭނާގެ ދައްތައާއެކުގައެވެ.

އެއްވެސް މީޑިއާއަކުން ސޮނާކްސީ ރާއްޖޭގައި ހުރިކަން އަދި މިހައިތަނަށް ހަމާކޮށްފައި ނުވިޔަސް މުނިއަވަސް އަށް ވަނީ އޭނާ ރާއްޖޭގައި ހުރިކަން ކަށަވަރުވެފަ އެވެ. އޭނާ ރާއްޖެ އައީ އިއްޔެ އެވެ. އަދިި ޗުއްޓީ ހޭދަކުރަމުންދަނީ ޖުމައިރާ ރިސޯޓުގައެވެ.

ސޮނާކްސީ ރާއްޖެއަށް އައިސް ލޯންޗެއްގައި ދުއްވާފައިވާ ދާ މަންޒަރެއްް މުނިއަވަސް އަށް ލިބިފައިވެއެވެެ. މީގެ އިތުރުން ސޮނާކްސީ ގެ އިންޓަގްރާމުގައިވެސް ފޮޓޯތަކެއް އަޕްލޯޑްކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ސޮނާކްޝީ ރާއްޖޭގައި އެތައް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ބޮލީވުޑާއި ހޮލީވުޑްގެ ތަރިންނާއި ފުޓްބޯޅަކުޅުންތެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.