ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީ، ރާއްޖޭގައި ހޭދަކުރި އުފާވެރި ޗުއްޓީ ދަތުރުގެ ފޮޓޯތައް އާއްމުކޮށްފިއެވެ. އެމީހުން ރާއްޖެއަށް އައީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
ސޯނަމްގެ މި ދަތުރަކީ ކަރަންގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެއަށްކުރި ދަތުރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީސްމީޑިއާގައި އެމީހުން ހިއްސާކޮށްފައިވާ ފޮޓޯތައް ދައްކާގޮތުން ރާއްޖޭގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވާކަން އެނގެއެވެ.
އާނަންދު އާއްމުކޮށްފައިވާ ފޮޓޯއަކުން، ކަރަން ބޫލާނީއަށް އުފަންދުވަހުގެ ތަހުނިޔާކިޔުމަށް، އެ ދަތުރުގައި ބައިވެރިވި ހުރިހައި އެންމެން ތިބި މަންޒަރު ފެނެއެވެ.
ސޯނަމް އާއި އާނަންދުގެ ޗުއްޓީ ފޮޓޯތައް އިންޓަނެޓްގައި ވައިރަލްވެފައިވާއިރު، ސޯނަމް އާއި އާނަންދު، ވޯޓަރ ސްލައިޑަކުން ޕޫލަށް ސޮއްސާލައި މަންޒަރު ދައްކައިދޭ ވީޑިއޯ ކްލިޕެއް ރިއާ ވަނީ އާއްމުކޮށްފައެވެ. ސޯނަމް ކަޕޫރުގެ އާއިލާ ޗުއްޓީ ހޭދަކުރީ ބ. އަތޮޅުގައި ސޮނެވާފުށީގަ އެވެ.
ސޯނަމް އާއި ރިއާއަކީ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި، އަނިލް ކަޕޫރުގެ ތިން ދަރިންގެ ތެރެއިން ދެ ދަރިންނެވެ. ކަރަންއަކީ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ސޯނަމްގެ ފިރިމީހާ އަނަންދަކީ ވެސް ވިޔަފާރިވެރިއެކެވެ.
View this post on Instagram
View this post on Instagram
Wish you were here. @discoversoneva #discoversoneva #experiencesoneva #sonevafushi
View this post on Instagram
Ceeelebrate good times, c’mon. Living, Loving it’s all good. #DiscoverSoneva #SonevaFushi
