ސަޕޯޓަރުންގެ އަދަދަށް ކުޑަވެސް ބަދަލެއް ނައިސް އަދިވެސް މަޤްބޫލުކަން ހިފަހައްޓަމުން އަންނަ ބޮލީވުޑްގެ އެކްޓްރެސް މަދޫރީ ދިކްސިޓް ނެނޭގެ ފިލްމީ ކެރިއަރުގައި އައު ފިޔަވަޅެއް އަޅަން ތައްޔާރުވެއްޖެ އެވެ. މަދުރީ އާއި އޭނާގެ ފިރިމީހާހާ ޑޮކްޓަރު ސްރީރާމް ނެނޭގެ ނަމުގައި ފިލްމު އުފެއްދުމަށް އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް އުފައްދައި އެމީހުންގެ ފުރަތަމަ ފިލްމުގެ ނަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
މާދުރީގެ ކެރިއަރުގައި އަލަށް މި ނެގި ފިޔަވަޅުގެ މަޢުލޫމާތު އޭނާގެ ފޭނުންނާ ހިއްސާކުރުމަށް މީސްމީޑިއާއިން އެކަން ހިއްސާކޮށްފައިވެއެވެ. މަދޫރީ ކޮށްފައިވާ ޕޯސްޓްގައި އޭނާގެ ފިރިމީހާއާއެކު ފެންނަނީ އެމީހުން ޝޫޓްކުރަން ތައްޔާރުވެފައިވާ މަރާތީ ފިލްމު ”ޕަންޗަކް“ގެ ފިލްމު ކްލެޕާއި އެކުގައެވެ. މިދިޔަ އަހަރު މަދޫރީ ވަނީ މަރާތީ ފިލްމެއް ކަމަށްވާ ”ބަކެޓް ލިސްޓް“ގައި ހަރަކާތްތެރިވެފައެވެ.

މަދޫރީ އާއި ފިރިމީހާ ސްރީރާމް ”ޕަންޗަކް“ގެ ކްލެޕް ބޯޑު ހިފައިގެން – ފޮޓޯ: ފިލްމު ފެއަރ
އެންމެ ފަހުން މަދޫރީ ފެނިފައިވަނީ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު ”ކަލަންކް“ އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުން މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް މަދޫރީގެ އެކްޓިން އިން ފިލްމީ އޯޑިއަންސް ހައިރާންކޮށްލުވާފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




