ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޭޝަނަލް ބަނޑުފިލާ ޗެލެންޖް 2019 ގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން “އެމްބީބީއޭ ނެޝަނަލް ބަނޑުފިލާ ޗެލެންޖް 2019” މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އަންނަ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެތުލީޓުން ބައިވެރިވެ، އެ ރަށެއް ތަމްސީލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޑިސެމްބަރ މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް ރަޖިސްޓްރޭޝަންގެ ކަންތައް ކުރިޔަށްދާނެ ކަމަށް އެމްބީބީއޭ އިން ބުނެފައިވެއެވެ.

އޮންލައިން ކޮށް ރަޖިސްޓްރޭޝަން ފޯމް ފުރުމަށް ބޭނުންވާ ނަމަ ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ އިންތިޒާމު ވެސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައެވެ.

އޮންލައިން ރަޖިސްޓްރޭޝަން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top