ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފެތުމުން ޤައުމީ ރެކޯރޑް ސައުސަން އައުކޮށް، ފައިނަލަށް

އަންހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ މި މުބާރާތުގެ 200 މީޓަރ ބެކްސްޓްރޯކްގެ ދެވަނަ ހީޓްގައި 02.52.37 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ފައިނަލަށް ސައުސަން ވަނީ ދަތުރުކޮށްފައެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފައިވަނީ މިއިވެންޓުގެ ފުރަތަމަ ހީޓުގައި ހަމްނާ އަހްމަދު ޤައުމީ ރެކޯރޑް އައުކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ފުރަތަމަ ހީޓުގައި ހަމްނާ 200 މީޓަރު ބެކްސްޓްރޯކް އިވެންޓު ފަތާފައިވަނީ 02.54.22 އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top