ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލާ، ގޮލްފް ކުޅެލަން ގާޑިއޯލާ އަށް ދައުވަތު ދީފި

ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލާ، ގޮލްފް ކުޅެލަން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އެމްއެމްޕީއާރުސީ އިން ދައުވަތު ދީފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންޗެސްޓަރ ސިޓީގެ ވާދަވެރި ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި އެއްވެސް އިރެއްގައި ހަވާލުވެދާނަންތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެމުން ގާޑިއޯލާ ބުނީ، ބާސެލޯނާ އަށް ކޯޗުކަން ކޮށްދިނުމަށް ފަހު ވާދަވެރި ރެއާލް މެޑްރިޑުގެ ކޯޗުކަމާއި ހަވާލުނުވާގޮތަށް، މެންޗެސްޓަރ ސިޓީ އަށް ކޯޗުކަން ކޮށްދިނުމަށް ފަހު މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުނުވާނެ ކަމަށެވެ. އަދި، މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަށް ވުރެން ރާއްޖޭގައި އުޅުން އޭނާ އަށް މާ ރަނގަޅު ކަމަށެވެ. ނަމަވެސް ރާއްޖޭގައި ގޮލްފް ކޯހެއް ނެތްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ މިހެން ބުނި ވީޑިއޯ ޓްވީޓު ކުރަމުން އެމްއެމްޕީއާރުސީ ގެ “ވިޒިޓް މޯލްޑިވްސް” ޓްވިޓާ އެކައުންޓުގައި ބުނެފައިވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ގާޑިއޯލާ ޝައުގުވެރިކަން ފާޅުކުރުމުން ވަރަށް އުފާވާ ކަމަށާއި،  ރާއްޖޭގެ ކޮންމެވެސް އެއް ގޮލްފް ކޯހެއްގައި ގޮލްފް ކުޅެލަން ދައުވަތު ފޮނުވާ ކަމަށެވެ. އެމްއެމްޕީއާރުސީ ގެ މި ޓުވީޓަށް ގޮލްފް ކޯސްތައް އޮންނަ ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކުން ދަނީ މި ޓްވީޓަށް ކޮމެންޓުކޮށް، ރިޓްވީޓް ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top