ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އުޑުން ތަރިތައް” – ވަރަށް ހިތްގައިމު އިންސްޓްރޫމެންޓަލް އެއް

♫🌟އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ ހިތަށް އަރަނީ ތަކޭ ފަރި ވަނާ
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ
ބަލަން އޮވެގެން މަ ކީމޭ ސަނާ🌟♫

އުޑުންތަރިތަކެއް ފެންނަ ހިސާބެއްގައި ނެތަސް، ތަރިތަކެއް ނުފެނުނަސް، ދިވެހި ލަވަތަކުން އެންމެ ހިތްގައި އެއްލަވަ “އުޑުން ތަރިތައް” ލަވައިގެ އިންސްޓްރޫމެންޓަލް ކަވަރގެ އަޑުއަހައިލުމުންވެސް ސަނާ ކިޔޭހައިވެއެވެ. މިއަދު ލަވަފޮށްޓަށް ނެރެފައިވާ އަކްޘަމް މަޢުމޫންގެ “އުޑުން ތަރިތައް” ކަވަރ އަކީ އަޑުއަހައިލަން ވަރަށް ހިތްގައިމު އިންސްޓްރޫމެންޓަލް މިއުޒިކް ޓްރެކެކެވެ.

“އެއީ ރާއްޖޭގެ ލަވަތަކުން އަހަރެންގެ އެންމެ ފޭވަރިޓް އެއްލަވައަށް ވެފައި އޭގެ ތެރެއިން އެއް ލަވައަށް އަހަރެން ކަވަރ އެއް ހަދަން ބޭނުންވީ.” އިންސްޓްރޫމެންޓަލް ކަވަރއެއް ނެެރުމަށް “އުޑުން ތަރިތައް” ޚިޔާރުކުރީ ކީއްވެގެންތޯ އަހައިލުމުން އަކްޘަމް ބުންޏެވެ.

ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ޑީބީ ރެކޯޑްސްގެ މި ހިތްގައިމު ކަވަރ، މިހާރު ލަވަފޮށިން އަޑުއަހައިލެވޭނެެެއެވެ.

ޑީބީ ރެކޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top