ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ ސަރަހައްދުގައި ވެކްސިންދިނުން މެދުކަނޑާލައިފި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ  ހާލަތު އިއުލާން ކޮށްފައިވާތީވެ، މާލެ، ވިލިމާލެ އަދި  ހުޅުމާލޭގައި ވެކްސިން ދިނުން ވަގުތީގޮތުން  މެދުުކަނޑާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން  މިއަދުކުރި އިއުލާނުގައި ބުނެފައިވަނީ 14 ދުވަހުގެ  މުއްދަތަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީވެ  ވެކްސިންދިނުން ވަގުތީގޮތިން މެދުކނޑާލާފައިވާ ކަމަށެވެ.  އަދި މިގޮތަށް ހަމަޖައްސަން ޖެހުނީ ކޯވިޑް-19 ގެ  ބަލިމީހުން މާލެތެރެއިން ފެންނަމުންދާތީ މިވަގުތު  ވެކްސިންދޭ މަރުކަޒުތަކަށް ދިއުމަކީ ރައްކާތެރިގޮތެއްކަމަށް ނުފެންނާތީއެވެ.

އެޗް.ޕީ.އޭ އިން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ  މިހާރު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ 14  ދުވަހުގެ މުއްދަތައްވުރެ ދިގު މުއްދަތަކަށް ލޮކްޑައުންގެ  ހާލަތު ދެމިގެންދާނަމަ ވެކްސިން ދިނުން ކުރިއަށް  ގެންދިއުމަށް ހަމަޖައްސާ ގޮތެއް އިއުލާން ކުރެވޭނޭ ކަމުގައެވެ.

ކޯވިޑް-19 ރާއްޖޭގައި މިހާރު ފެތުރެމުންދާއިރު މިއަދު  އެކަނިވެސް މި ބައްޔަށް ރާއްޖެއިންވަނީ 15 މީހުން  ފައްސިވެފައެވެ. މިއާއިއެކު ރާއްޖެއިން ފައްސިވީ މީހުންގެ  އަދަދު ވަނީ 67އަށް އަރާފައެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top