ފިޓްޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފިޓް ޖެހުނު ބަންގްލަދޭޝްގެ ރައްޔިތަކު އައިޖީއެމް ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި، އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 551 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 18 މީހަކު ރަނގަޅުވެފައި ވާއިރު، 1 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1759 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 458 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ޚިޔާލު
