ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ.
މިކަން ހާމަކުރަމުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ފުލައިޓެެއްގައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިއީ އެ އެއާލައިނުން ބަންގްލަދޭޝް އަށް ކުރާ މިފަދަ ހަތްވަނަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.
#Maldivian flight with 200 Bangladeshi nationals just departed from @VelanaAirport bound to #Dhaka.#Repatriation#NationalAirline 🇲🇻 pic.twitter.com/iYZaNkuCx3
— MaldivianAero (@MaldivianAero) June 2, 2020
މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ގާތްގަނޑަކަށް ދެހާހެއްހާ މީހުން އެ ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ ފްްލައިޓުތަކާއި، ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ ފްލައިޓަކާއި، އަދި އެ ގައުމުގެ އަސްކަރީ ދެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި އުޅޭ ގިނަ ގައުމުތަކެއްގެ ރައްޔިތުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
