ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން ގެންދެވި ޑޮކްޓަރެއް ނިޔާވެއްޖެއެވެ. ނިޔާވީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން ގެންދެވި ކަށީގެ ޚާއްޞަ ޑޮކްޓަރެކެވެ.
އެ ޑޮކްޓަރު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ނިޔާވީ އުމުރުން 45 އަހަރުގެ ޑރ. ރާޖޭޝް ނަމަކަށް ކިޔާ ބިދޭސީ ޑޮކްޓަރެކެވެ.
ނިދާޢު އެމްވީން ގަމު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ބުނީ އެ ޑޮކްޓަރަކީ ކެންސަރު ބަލީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޑޮކްޓަރެއް ކަމަށާއި އަދި ޑޮކްޓަރު ފަރުވާ ހޯދަމުން ދިޔައީ ތައިރޮއިޑް ކެންސަރަށް ކަމަށެވެ. ޑޮކްޓަރު މާލެއަށް ފަރުވާ ހޯދުމަށް ދިޔައީ ހާލަތު އިތުރަށް ގޯސްވާހެން ހީވާން ފެށުމުން ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ނިދާޢުން ބުނެެެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި