ހަފްތާއެއްހާ ދުވަސް ކުރިން ޝޫޓިންގ ފެށި ޒީ ޓީވީގެ މަޝްހޫރު ސިލްސިލާ “ކުމްކުމް ބާގްޔާ” އަށް އިތުރު ކެރެކްޓަރއެއް ތަޢާރަފުވަނީއެވެ.

އަލަށް މި ސިލްސިލާއަށް ތަޢާރަފުވަނީ މާޔާގެ ބޮޑުބޭބެގެ ކެރެކްޓަރއެވެ. މި ރޯލު ކުޅެނީ “އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ” އަދި “ޕިޔާރް ކާ ދަރްދު ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ” ފަދަ މަޤުބޫލު ސިލްސިލާތައް ކުޅެފައިވާ މަނީޝް ކަންނާއެވެ.

“ކުމްކުމް ބާގްޔާ”ގައި މަނީޝް ކުޅެނީ ނެގެޓިވް ރޯލެއް

ނެގެޓިވް ރޯލަކުން މަނީޝް ފެންނާނެއިރު އެއީ ކުރިއަށް އޮތްތާނގައި ސިލްސިލާގެ ވާހަކަ ދާގޮތުން ވަރަށް މުހިންމު ރޯލެއްކަމަށްވެއެވެ. މި ކެރެކްޓަރގެ ނަމަކީ ދުޝިޔަންތު ސިންގ ޗައުބޭ ކަމަށްވެއެވެ. މަނީޝްގެ ބައިތަކާއެކު ސިލްސިލާއަށް ބެލުންތެރިން ކެތްމަދުކުރުވާނެ ޓުވިސްޓުތަކެއް އަންނާނެއެވެ.

ކަލާސް ޓީވީއިން ގެނެސްދިން ސުޕަނެޗުރަލް ތުރިލާ “ނާގިން”ގެ ފުރަތަމަ ސީޒަންގެ މުހިންމު ރޯލެއް ކުޅުނު މަނީޝް އެންމެފަހުން ފެނުނީ ސްޓާ ޕްލަސްއިން 2018 ވަނަ އަހަރު ދެއްކި ސުޕަނެޗުރަލް ޑްރާމާ “ޤަޔާމަތު ކީ ރާތު” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.