ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ ޓީސީން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެފްއޭއެމް ގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ނޫސްބަޔާނެއް ނެރެފިއެވެ.

ފުރަތަަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުލަބު ޓީސީ ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކުލަބުން ކަންބޮޑުވާ ކަމަށާއި، އެފްއޭއެމް ގެ އިންތިޚާބީ ކޮންގްރެސް ދެ ދުވަހަށް ކުރުވެފައި ވަނިކޮށް، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކުޅިވަރުގެ ތެރެއަށް ވަންނަން އުޅުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

ޓީސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅެގެން އާމްދަނީ ހޯދާ އެތަކެއް ޒުވާނުން ތިބިއިރު، އެ ޒުވާނުންނާ މެދު ވިސްނާލުމެއް ނެތި، ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރުމަށް މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެފްއޭއެމް އަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، އިޖްތިމާޢީ ތަރައްޤީ އަށް މަސައްކަތް ކޮށްދިނުމަށް އެކުލަބުން ވަނީ ގޮވާލާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top