ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ މާޒިޔާ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެފްއޭއެމް ގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނޫސްބަޔާނެއް ނެރެފިއެވެ.

ފުރަތަަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުލަބު މާޒިޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކުލަބުން ވަރަށް ބޮޑަށް ކަން ބޮޑުވާ ކަމަށެވެ.

މާޒިޔާ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަކީ ވާދަވެރި ކުލަބެެއްގެ ކުރީގެ ޗެއާމަން ކަމަށް ވެފައި، އެކުލަބަށް މިވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން އަމިއްލަ މަސްލަހަތު އިސްކޮށް މުޅި ފުޓްބޯޅަ އާއިލާ އަށާއި، ފުޓްބޯޅަ އެސޯސިއޭޝަނަށް ގެއްލުންވާ ގޮތަށް ޢަމަލުތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އާޒިމް މަޖިލީހަށް ހުށަހެޅުއްވި ޤަރާރަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ޤަރާރެއް ނޫންކަމަށް އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރާއި، އެފްއޭއެމް އިން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސްއަޅާ، ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މާޒިޔާ އިން ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top