ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނޫރާގާއި ޕްރޭނާގެ ހަޔާތަށް ބޮޑު ކޮޅިގަނޑަކާއެކު މިސްޓަރ ބަޖާޖު!

ސްޓާރ ޕްލްސްގެ މަޤްބޫލު ސީރީޒް “ކަސައުޓީ ޒިންދަގީ ކީ” މިމަހު 13 ވަނަ ދުވަހު އަލުން ދައްކަން ފަށާއިރު، އަނޫރާގާއި ޕްރޭނާގެ ހަޔާތަށް ބޮޑު ކޮޅިގަނޑަކާއެކު މިސްޓަރ ބަޖާޖު (ކަރަން ޕަޓޭލް) ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ސީރީޒް އަލުން ފެށިގެންދާޢިރު، ސީރީޒްގެ ވާހަކައަށް ބޮޑު ޓްވިސްޓެއް އަންނާނެ ކަމަށް ވެއެވެ. އެގޮތުން ޕްރޭނާ އާއި އަނޫރާގަށް ސިއްރުކުރެވިފައިވާ ބޮޑު ކަމެއްގެ ޙަޤީޤަތް ފަޅާއަރާނެ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ޕްރޭނާ އާއި އަނޫރާގުގެ ދަރިފުޅު ސްނޭހާ މަރު ނުވާކަމާއި ސްނޭހާ ގެއްލުވާލުމުގެ ފަހަތުގައި ވަނީ މިސްޓަރ ބަޖާޖުކަން އެނގިގެންދާނެއެވެ. އަނޫރާގާއި ޕްރޭނާއަށް ސްނޭހާ އާއި ދިމާވާނެކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިމަހު 13 ވަނަ ދުވަހަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ކަރަން ޕަޓޭލްގެ ހުނަރުވެރި އެކްޓިންއާއެކު މިސްޓަރ ބަޖާޖްގެ ސަޚްޞިއްޔަތުގައި ހުންނަ ގޮތްވެސް ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top