ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރީޕްލޭން އިން ޕީޕީއީ، ޑިސްއިންފެކްޓެންޓްސް އަދި އިތުރު ތަކެތި ހަދިޔާކޮށްފި

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިތްވަރުދީ އެހީތެރިވެދިނުމުގެ ގޮތުން ޕީޕީއީ، ޑިސްއިންފެކްޓެންޓް ކެމިކަލްސް، ބައެއް އިކުއިޕްމެންޓާއި އެހެނިހެން ބައެއް ތަކެތި ރީޕްލޭން ޕްރައިވެޓް ލިމިޓެޑުން ހަދިޔާކޮށްފިއެވެ.

“ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް، ކުޑަ މިންވަރަކުން ނަމަވެސް އެހީތެރިވެދެވުމަކީ ރީޕްލޭން ޕްރައިވެޓް ލިމިޓެޑުން އުފާކުރާކަމެއް. ރީޕްލޭން ޕްރައިވެޓް ލިމިޓެޑުން ދިވެހިންނަށް ދޭ މި ކުޑަކުޑަ ހަދިޔާއިން ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ކުރާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެދެވުނު ކަމަށް އުއްމީދުކުރަން.” ސިންގަޕޫރުގެ ކުންފުންޏެެއް ކަމަށްވާ ރީޕްލޭން އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުން އަންނަ ބިޔަ މަސައްކަތް ބަލައިގަންނަ ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭފުޅުންނާއި ފުރޮންޓްލައިންގައި މަސައްކަތްކުރައްވާ އެހެން ފަރާތްތަކުން އެއްވެސް ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ މަސައްކަތް ފަޚުރުވެރިކަމާއެކު ބަލައިގަންނަކަމަށް ވެސް ރީޕްލޭން ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ރީޕްލޭން ޕްރައިވެޓް ލިމިޓެޑަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ރިޒޯޓްތަކަށް ބޭނުން ޑީސަލް ޖަނަރޭޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދެމުން އަންނަ ކުންފުންޏެވެ. ތިރީސް އަހަރަށް ވުރެން ދިގު މުއްދަތަކަށް ޚިދުމަތްދެމުން އަންނަ ރީޕްލޭންގެ ޚިދުމަތްތައް ފުޅާކޮށް އިންވެސްޓަރުންނަށް ވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަތަރު ދަހަރަށް ވުރެން ދިގު މުއްދަތަކަށް ފަރުތުވެރިކަމުގެ ދާއިރާއާއި ވަރުގަދަ ގުޅުމެއް އެ ކުންފުނިން ދަމަހައްޓަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top