ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑިޒްނީގެ ލަވަތަކަށް ފޯރިހުންނަ ކުޑަކުދިންނަށް “ކިޑްޒިއްލާ”

ޑިޒްނީގެ ލަވަތަކަށް ފޯރި ހުންނަ ކުޑަކުދިންނަށް “ކިޑްޒިއްލާ” އާއި ލަވަކިޔުންތެރިޔާ ހަމޫދު އަދި އިއްޔަ.އެމްވީގެ އިއްޔަ އާއި ގުޅިގެން އޮންލައިންކޮށް ލަވަ މުބާރާތެއް ބާއްވަންނިންމާ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އުމުރުން 04 އަހަރާއި 16 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހުޅުވާލެވިފައިވާ މުބާރާތެއްކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މުނިއަވަސް އަށް މަޢުލޫމާތު ދެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 26ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމު ފުރިހަމަކޮށް ފޮނުވުމަށް އެދެއެވެ. ފޯމު ފުރާއިރު، ޤަވާޢިދުގައި ހުރި ނުކުތާތައް ފުރިހަމަކޮށްލުމަށް ވެސް އެދިފައިވެއެވެ.

މުބާރާތުގެ ޤަވާއިދު މި ލިންކުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު މި މުބާރާތަށް ޚާއްޞަކޮށްފައިވާ ފޭސްބްކް ޕޭޖުން ލިބޭނެއެވެ.

https://www.facebook.com/permalink.php?story_fbid=110495407413499&id=110480440748329

މި މުބާރާތުގައި ބައިވެރިވާ ކުދިން ކިޔަން ޖެހެނީ ޑިޒްނީގެ ލަވައެކެވެ. ލަވައިގެ ދިގުމިނަކަށް ވާންޖެހެނީ 01 މިނެޓާއި 02 މިނެޓާއި ދެމެދުގެ ވަގުތެކެވެ.

މުޅި މުބާރާތުން 01ވަނައަށް ހޮވޭ ކުއްޖަކަށް ‘ދަންފުޅި ސްޓޫޑިއޯ’ އިން 04 ލަވައިގެ މިނީ އަލްބަމެއް ރެކޯޑުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް އިއްޔަ އާއި ހަމޫދު ބުނެއެވެ.

މި މުބާރާތް ބާއްވަން ނިންމީ ފުރަބަންދުގެ ހާލަތެއްގައި ގައުމު އޮވެފައި، ކުޑަކުދިންނަށް އަދިވެސް އެނބުރި އާއްމު ދިރިއުޅުމުގައި ހިތްހަމަޖައްސާލަން ކުރަން ލިބޭ ކަންތައްތައް ކުރަން ނުލިބޭތީ، ކުދިންނަށް މަޖާކޮށްލުމުގެ ފުރުޞަތެއް ދިނުމުގެ އިތުރުން އެ ކުދިންގެ ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ދިނުމުގެ މަޤްޞަދުގައި ކަމަށް ހަމޫދު އާއި އިއްޔަ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top