ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނާގިން 5 ގައި ހީނާ ޚާން ހުންނަގޮތް ފެނިފައި އަނީތާ ހަސަނަންދަނީ އާޝޯޚްވެއްޖެ

“ނާގިން5″ގައި ހީނާ ޚާން ހަރުފައެއްގެ ގޮތުގައި ހުންނަ ގޮތް ފެނިފައި އަނީތާ ހަސަނަންދަނީ އާޝޯޚްވެއްޖެއެވެ. “ނާގިން5″ގައި ހީނާ ޚާން ކުޅޭނީ ނާގިން ތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ހަރުފައިގެ ރޯލުކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ދާދި ފަހުންނެވެ.

މި ސިލްސިލާގެ ޝޫޓިން ހީނާ ޚާން ފަށާފައިވާއިރު، އެ ސިލްސިލާގައި އޭނާ ފެނިގެންދާނެ ސިފަވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. ނާގިންގެ ފަސްޓްލުކުން ހީނާ ފެންނަނީ ވަރަށް ޗާލުކޮށެވެ.

ނާގިންގެ ސެޓްގައި ހުރި އަނީތާ ހަސަނަންދަނީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހީނާގެ ފޮޓޯއެއް އާއްމުކޮށް، ކެޕްޝަންގައި “ވާހް” ޖަހާލާފައެވެ.

ޑްރާމާ ސިލްސިލާ “ނާގިން” އަކީ ހަރުފަޔަށް ބަދަލުވާ އަންހެނެއް އުޅޭ ޑްރާމާ އެކެވެ. މި ސިލްސިލާގެ ފަސްވަނަ ސީޒަންގައި ހީނާ ފެނިގެންދާނީ އިއްޗާދާރީ ނާގިންއެއްގެ ރޯލުންނެވެ. އިއްޗާދާރީ ނާގިން އަކީ އިންސާނުންގެ ސިފައަށް ބަދަލުވުމުގެ ބާރު ލިބިފައިވާކަމަށް ބުނާ ޚިޔާލީ ސަޚްސިއްޔަތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top