ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަޅިނދު” ފިލްމުގެ ކާސްޓަށް ބޮޑު ބަދަލާއެކު އަލުން ޝޫޓިން ފަށައިފި

ލޮކްޑައުންގެ ކުރިން 45 އިންސައްތަ ޝޫޓްކޮށްފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ބިރުވެރި ފިލްމު ”ބަޅިނދު“ގެ ކާސްޓަށް ބޮޑު ބަދަލެއް ގެނެސް ފިލްމުގެ ޝޫޓިން އަލުން ފަށައިފިއެވެ. ފިލްމުގެ ކާސްޓަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މަޝްހޫރު އެކްޓަރ ޖުމައްޔިލް ނިމާލްގެ ބަދަލުގައި އެ ރޯލަށް، މަޝްހޫރު އެކްޓަރ ޢަލީ ޢާޒިމް (ދޮން އައްޔަ) ހަމަޖެއްސުމެވެ.

“އަލުން ބަލުން ޝޫޓިން އެއްކޮށް ކަހަލަ ގޮތަކަށް ރީޝޫޓް މިކުރަނީ. ޖުމައްޔިލްގެ ހުރިހައި މަންޒަރެއް ރީޝޫޓްކޮށް، ބަދަލުގައި އުޅޭނީ ދޮން އައްޔަ.” ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.

ކާސްޓަށް ގެނެވުނު މި ބޮޑު ބަދަލާއެކު ”ބަޅިނދު“ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޢަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، މަރްޔަމް މަޖުދާ (މަޖޫ)، އައިޝާ، ޝަރަފް ޢަބްދުﷲ، ނުޒުހަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ.

ކުރިން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން ހިމެނުނެވެ. ނަމަވެސް ފިލްމު އަލުން ރީޝޫޓަކަށް ދިޔައިރު، އެ ތަރިންގެ ބަދަލުގައި ފިލްމުގެ ކާސްޓާ އަލަށް ގުޅިފައި މިވަނީ މިވަގުތު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ، ހުނަރުވެރި، ޒުވާން ތިން ފަންނާނުންކަމަށްވާ ދޮން އައްޔަ، މަޖޫ އަދި ނުޒޫ އާއި ފީޗާ ފިލްމެއްގައި ލީޑް ކުޅެފައިވާ ޝަރަފް ޢަބްދުﷲ ކަން ފާހަގަކޮށްލެވެއެވެ.

[responsive-slider id=32058]

“ލޮކްޑައުންގެ ސަބަބުން ފިލްމު ހުއްޓިފަ އޮތުމަށްފަހު އަލުން ޝޫޓިން ފަށައިގެން ވަރަށް ބާރަށް ކުރިއަށް އެބަދޭ.” ފިލްމުގެ ޝޫޓިން ކުރިއަށްދާގޮތާމެދު މޮގާ ބުންޏެވެ.

ފިލްމު ”ބަޅިނދު“ ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ”ގޮށްރާޅު“ ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.

މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން ފިލްމު ”ބަޅިނދު“ގެ ކާސްޓަށް ގެނެވުނު ބޮޑު ބަދަލާއެކު ފިލްމުގެ އަދާހަމައެއް ދީފައި މިވަނީ އެ ޕްރޮޑަކްޝަންގެ 14 ވަނަ އަހަރީ ދުވަހުއެވެ. އެހެންކަމުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ 14 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް މުނިއަވަސް ޓީމާއި ކިޔުންތެރިންގެ ފަރާތުން ފޮނުވަމެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު
ޒީން5 އަހަރު ކުރިން

މިސްޑް ޖުމަލް. ޖުމަލް ކޭސްގެ އަޕްޑޭޓް ނެތްތޯ

މާބުރު5 އަހަރު ކުރިން

ޑާކްރެއިންގެ އުފެއްދުންތަކަށް ލާން ޖެހޭ ފަންނާނު، ދޮން އައްޔަ ލުމަކީ މިތަނުން ނިންމި އެންމެ ބެސްޓް ނިންމުމަށް ވާނެ. މާކް މައި ވޯޑް ގއަިޒް

Home
Menu
Search
Back to top