“ބޮޑުތަކުރުފާނު ވާހަކަ – ފޯކްލޯރާއި ދިރާސީ ޙަޤީޤަތް” ނަމުގައި މި އަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އިންތިޒާމުކުރައްވާ ޚާއްޞަ ދަރެހެއް ބާއްވަން ނިންމައިފިއެވެ.
“ބޮޑުތަކުރުފާނު ވާހަކަ – ފޯކްލޯރާއި ދިރާސީ ޙަޤީޤަތް” ދަރެސް ހުށައަޅުއްވައިދެއްވާނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓުން ކަމަށްވާ އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ.
މި ދަރެސް އޮންނާނީ 18 އޮކްޓޫބަރު 2020 ވަނަ ދުވަހު ހަވީރު 04:30 ގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކުރައްވައެވެ. ދަރެސް ގެނެސްދޭނީ އެ މިނިސްޓްރީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަައް އާދިއްތަ ދުވަހު (މާދަމާ) ފަތިހު 5:45 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުން ފެށިގެންދާނެ އެވެ. ދުވަހާއި ގުޅޭ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30ގައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1ވަނަ ދުވަހުގައި ފާހަގަކުރަމުންދާ ޤައުމީ ދުވަހަކީ ބޮޑުތަކުރުފާނު އިސްވެ ހުންނަވައި، ޕޯޗްގީޒުންގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!