ނިކިލް ދުވިވޭދީ ޕްރޮޑިއުސްކޮށް އުފައްދާ “ނާގިން”ގެ ތިން ފިލްމަކަށް (ޓްރައިލޮޖީ އަކަށް) އެކްޓްރެސް ޝްރައްދާ ކަޕޫރު ސޮއެކޮށްފިއެވެ.
ހަރުފައަކަށް ސިފަ ވެގެން އިންސާނުންގެ ކިބައިން ބަދަލު ހިފާ އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމު އުފެއްދުމުގެ ހުންގާނުގައި ހުރީ ވިޝާލް ފޫރިއާ އެވެ.
ނާގިންގެ ރޯލު ކުޅުމާމެދު ޝްރައްދާ ބުނީ ހަރުފައަކަށް ސިފަ ބަދަލުވާ ރޯލު ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ބުނެފައިވެއެވެ. ސްރީދޭވީ ފަދަ ބޮލީވުޑްގެ ވަރަށް މަޤްބޫލު އެކްޓަރުން މީގެ ކުރިން ހަރުފައި ރޯލުން ފެނިގެން ގޮސްފައިވާކަން ވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.
އެންމެ ފަހުން ޝްރައްދާ ފެނިފައިވަނީ ޓައިގަރ ޝްރޮފް ލީޑުން ފެނިގެންދިޔަ ބާގީ3 ގައެވެ.
“ނާގިން އަކީ އިންޑިއާގެ ފޯލްކޯރްގެ ވެސް ވަރަށް ބޮޑު ހިއްސާއެއް. ހަރުފައެއްގެ ރޯލު ކުޅެން ލިބުމަކީ އައިކޮނިކް ކެރެކްޓާއެއް ކުޅެން ލިބުން ކަހަލަ ކަމެއް، އަބަދު ވެސް ވަރަށް ކުޅެން ބޭނުންވި ކަހަލަ ކެރެކްޓާއެއް ކުޅެން މި ލިބުނީ.” ނުބައިބައި ރޯލާއި ކޮމެޑީ ކުޅުމަށް މަޝްހޫރު ” އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ.
ނާގިންގެ ޓްރައިލޮޖީ ހަދާ ޓީމުން، އެ ފިލްމުގައި ވީއެފްއެކްސް އާއި ސްޕެޝަލް އިފެކްޓް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ރޫހާނީ ބާރެއް ލިބިފައިވާ ރޯލެއް އެންމެ ފަހުން ޝްރައްދާ ކުޅުނީ ރާޖް އެންޑް ޑީކޭގެ ހިޓެއް ކަމަށްވާ ބިރުވެރި ކޮމެޑީ ސްޓްރީ (2018) އިންނެވެ.
ޑައިރެކްޓަރ ވިޝާލް ފޫރިއާ ބޮޑަށް މަޝްހޫރުވެފައި ވަނީ 2017ގައި އޭނާ އުފެއްދި މަރާޓީ ބިރުވެރި ފިލްމު “ލަޕައްޗަޕީ” އިނެވެ. އެ ފިލްމުގެ ހިންދީ ވާރޝަން އެއް “ޗޯރީ”ގެ ނަމުގައި ހެދުމުގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.
“ނާގިން”ގެ ތިން ފިލްމު ޑައިރެކްޓްކުރާނީ ވިޝާލް ފޫރިއާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!