ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ފޮޓޯއަށް އެވޯޑް ލިބުނީ ކީއްވެކަން އެނގޭތަ؟

“ކޮމެޑީ ވައިލްޑް ލައިފް ފޮޓޯގްރަފީ އެވޯޑް 2020” އެވޯޑް ހާސިލްކުރި ފޮޓޯގްރާފަރުންނާއި ފޮޓޯތައް އާއްމުކޮށްފިއެވެ. މި މުބާރާތުން އެންމެ މަތީ ވަނަ ލިބިފައިވަނީ ވަރަށް ލާނެތް ވެލައެއްގެ ފޮޓޯއަކަށެވެ.

މިއީ މާކް ފިޓްޒްޕެޓްރިކް ނަގާާފައިވާ ފޮޓޯއެކެވެ. ކްއީންސްލޭންޑްގެ ލޭޑީ އެލިއަޓް އައިލެންޑްގެ އައްސޭރިފަށުގައި މާކް ފިޓްޒްޕެޓްރިކް ފީނަމުން ދަނިކޮށް މި ވެލާ ފެނިގެން ފޮޓޯ ނެގިއެވެ. ފޮޓޯ ނެގި ވަގުތު ވެލާގެ ފްލިޕަރގެ ތަންކޮޅެއް މައްޗަށް އުފުއްލާލާާފައި ހުރިއިރު، ސިފަކުރެވެނީ މެދު އިނގިލި އުފުލާލާފައި ހުރިހެންނެވެ. މި ފޮޓޯ “ކޮމެޑީ ވައިލްޑް ލައިފް ފޮޓޯގްރަފީ އެވޯޑް 2020” ގައި ބައިވެރިކުރުމުން މިވަނީ ފަޚުރުވެރި އެއްވަނަ ލިބިފައެވެ. މި ފޮޓޯއަށް “ކްރީޗަރޒް އަންޑަރ ދަ ސީ” އެވޯޑް ވެސް ލިބުނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top