ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުޓްބޯޅަ ޑިޓެކްޓްކުރާ ކެމެރާއަށް، ބޯޅަ ކަމަށް ޑިޓެކްޓްކުރެވުނީ ރެފްރީގެ ތަލަ ބޯ!

ފުޓްބޯޅަ މެޗެއްގައި ބޯޅަ ދެނެގަތުމަށް ބޭނުންކުރި އާޓިފިޝަލް އިންޓެލިޖެންސް ކެމެރާއަކަށް އޮޅިގެން މިފަހަރު ޑިޓެކްޓްކުރެވުނީ ރެފްރީގެ ތަލަ ބޮލެވެ. މިކަން ހިނގީ ސްކޮޓްލޭންޑްގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗެއްގައެވެ.

ސްކޮޓްލޭންޑްގައި އިންވަރނަލް ކެލިޑޯނިއަން ތިސްލް (އައިސީޓީ)އާއި އައިރ ޔުނައިޓެޑް ބައްދަލުކުރި ފުޓްބޯޅަ މެޗެއްގައި ކެމެރާމަނެއް ބޭނުންކުރުމުގެ ބަދަލުގައި ޓީމުތަކުން ބަރޯސާވީ ‘އޭއައި ޕަވަރޑް ކެމެރާ’ އަށެވެ. މިއީ މެޗްތަކުގައި ބޯޅައަށް ފޮލޯކުރުމަށް ބޭނުންކުރާ ވަޞީލަތެކެވެ.

އިންވަރނަލް ކެލިޑޯނިއަން ތިސްލް ފުޓްބޯޅަ ކުލަބް (އައިސީޓީއެފްސީ)އިން ކްލެޑޯނިއަން ސްޓޭޑިއަމްގައި ޕިކްސޮލެޓް ކެމެރާ ސިސްޓަމެއް ހަރުކުރިއެވެ. މި ކެމެރާ ސިސްޓަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޯޅަ އަށް ކެމެރާ ފޯކަސްކޮށް ވީޑިއޯ ނެގުމަށް އެހީވެދެއެވެ.

ނަމަވެސް މިފަހަރު ޓީމުން ބޭނުންވި ގޮތެއް ނުވިއެވެ. ނަސީބުދެރަކަމުން މިފަހަރުގެ ޕްލޭން ދިޔައީ ޗޮކުންނެވެ. ކެމެރާއަށް އޮޅިގެން ފޮލޯކުރެވުނީ ރެފްރީގެ ތަލަ ބޮލަށެވެ.

https://www.youtube.com/watch?v=HjJmO9NvKL8

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top