ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ ވެސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ޗެމްޕިއަންޝިފް މުބާރާތުގެ ތިންވަނަ ޖާގަ ކުލަބް އެޗްޑީސީ ހޯދައިފި އެވެ. މިހާރު ކުރިޔަށްދާ ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލީގުގެ ތިންވަނައަށް ޖެހިލިއިރު، ލީގުގެ ހަތަރުވަނަ އާއި ފަސްވަނައިގައި މި ވަގުތު އޮތް ލަޔަންސް ރެކްރިއޭޝަން ކުލަބާއި ކުލަބް އެމްޓީސީސީއަށް ހަ ޕޮއިންޓް ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ހަތަރު ޓީމު ވާދަކުރާ ޤައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ހަތަރު ޖާގަ ލިބޭނީ މި ލީގުގެ އެންމެ މޮޅު ހަތަރު ޓީމަށެވެ. އެ މުބާރާތުގެ ޖާގަތައް މިހާރު ހޯދާފައިވަނީ ކުލަބް އެޗްޑީސީގެ އިތުރުން ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ.

ލީގުގެ ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު، އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކުރީ، ލީގު ޗެމްޕިއަންކަމަށް ވާދަކުރާ ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މި މެޗަށް ނުކުތްއިރު ކުރިން ކުޅުނު ތިން މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި ޕޮލިސް ކުލަބް އޮތްއިރު، ސިފައިންގެ ކުލަބް ވަނީ އެ ޓީމު ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލީގުގެ ދެވަނައިގަ އެވެ. މި މެޗަކީ ޕޮލިސް ކުލަބްގެ ފަހު މެޗެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސިފައިންގެ ކުލަބް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. ފުރަތަމަ ސެޓްގެ ކުރީކޮޅު ފެނުނު ވާދަވެރިކަމުގެ މައްޗަށް ސެޓްގެ މެދަކާއި ހިސާބުން ސިފައިންގެ ކުލަބް ގަދަވެގަތް ނަމަވެސް ސެޓްގެ ފަހުކޮޅު ޕޮލިސް ކުލަބުން ކުޅުން ރަނގަޅުކޮށް އުންމީދު އާކުރި އެވެ. މި ސެޓް ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 25-23 އިން ނެވެ.

މިވެސް ކިޔާލަން:  އެމްޓީސީސީ އާއި ސިފައިން ފައިނަލަށް ދަތުރުކޮށްފި

ދެވަނަ ސެޓްގައި ވެސް ވީ ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު ސެޓަކަށެވެ. އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނުނެގުނު، މި ސެޓް ވެސް ސިފައިންގެ ކުލަބް ކާމިޔާބުކުރީ 25-23 އިން ނެވެ. ކުރިން ދެ ސެޓްގައި ފެނުނު ވާދަވެރިކަން ތިންވަނަ ސެޓްގައި ނުފެނުނެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ ކުޅުނު ސިފައިންގެ ކުލަބް މި ސެޓް ކާމިޔާބުކުރީ 25-16 އިން ނެވެ.

ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ. މިއީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ކުލަބް އެޗްޑީސީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު އަނެއް މެޗުން ވީ ބައްޔެވެ. ލަޔަން ރެކްރިއޭޝަން ކުލަބް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ކުލަބް އެޗްޑީސީ ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް ފަހުވަގުތު ލަޔަންސް ރެކްރިއޭޝަން ކުލަބް ވަނީ ނަތީޖާ އަނބުރާލައި 24-26 އިން ސެޓް ކާމިޔާބުކޮށްފަ އެވެ. ދެވަނަ ސެޓްގެ ކުރީކޮޅުގައި ވެސް ފެނުނީ ދާދި އެއް ފެންވަރެއްގެ ކުޅުމެކެވެ. ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި ކުލަބް އެޗްޑީސީ މި ސެޓް ކާމިޔާބުކުރި 25-19 އިން ނެވެ.

ތިންވަނަ ސެޓްގައި ލަޔަންސް ރެކްރިއޭޝަން ކުލަބްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ބޯޅަތައް ރިސީވް ކުރުމާއި އެޓޭކްކުރުމުގައި ގިނަ މިސްޓޭކްތަކެއް ފެނުނުއިރު، މި ސެޓް ކުލަބް އެޗްޑީސީ ހޯދީ 25-10 ގެ ތަފާތުބޮޑު ނަތީޖާއިން ނެވެ. ހަތަރުވަނަ ސެޓްގައި ލަޔަންސް ރެކްރިއޭޝަން ކުލަބުން ކުޅުން ރަނގަޅުކުރި ނަމަވެސް، ސެޓް ކާމިޔާބު ކުރެވޭވަރުގެ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. މި ސެޓް ކުލަބް އެޗްޑީސީ ކާމިޔާބުކުރީ 25-18 އިން ނެވެ.

މިވެސް ކިޔާލަން:  އެޕޮކަލިޕްސް ބަލިކޮށް ކަންމަތި އެފްސީ ތިން ތަރި ޖަހައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top