ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަކީ” – ފުރަތަމަ އެޕިސޯޑް ނޮވެމްބަރު 12 ގައި

“ލަކީ” ކައިރީ ބުނެގެން ބޭނުން އެއްޗެއް ހޯދުމުގެ ފުރުޞަތު ހުޅުވައިލި ބައިސްކޯފުގެ ރިއަލިޓީ ޝޯވގެ ފުރަތަމަ އެޕިސޯޑް މިމަހު 12 ވަނަ ދުވަހު ދައްކާނެއެވެ.

ވިޝާލް ޒަކީ އުފައްދާފައިވާ “ލަކީ”ގެ ދެވަނަ ޓީޒާއެއް ބައިސްކޯފުން ދޫކޮށްލާފައިވާއިރު، އެ ޓީޒާއިން ފެންނަނީ ‘ލިލީ އެފް އެންޑް ބީ’ ފިހާރަ ފެންނަ ގޮތަށް މަގުމަތީގައި ހުއްޓިލައިގެން ހުރެ “ލަކީ” ޝޯވގެ ފުރަތަމަ އެޕިސޯޑަށް އެންމެނަށް ދައުވަތުދޭ ތަނެވެ.

“ލަކީ” އަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ނުވާ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޝޯވއެކެވެ. ބައިސްކޯފުން ބުނީ މި ޝޯވގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިޞާދު ދަށްވެ އާންމުންގެ ޖީބުތަކަށް ދަތިވެފައިވާ މި ދުވަސްވަރުގައި ކޮންމެވެސް ގޮތަކުން ބައިސްކޯފުން އާންމުންނަށް އެހީތެރިވެދިނުން ކަމަށެވެ.

“ލަކީ” މިއީ ސީޒަން ތަކަކަށް ބަހާލައިގެން ބައިސްކޯފުން ގެނެސްދޭން ނިންމާފައިވާ ޝޯވއެކެވެ. އެގޮތުން ފުރަތަމަ ސީޒަންގައި ގެނަސްދޭނީ 10 އެޕިސޯޑުކަމަށް ބައިސްކޯފުން ބުނެއެވެ. ފުރަތަމަ ސީޒަން ޝޫޓްކޮށްފައިވަނީ މާލޭގައެވެ. ނަމަވެސް ދެވަނަ ސީޒަން، އަތޮޅުތެރޭގައި ޝޫޓްކުރުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ބައިސްކޯފުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top