މިއީ ވީ8 އިންޖީނެއް އަޅާފައިވާ ބޯޓެއްގެ ވާހަކައެވެ. މޫދު ލޮނުގަނޑުން 7 ވަރަކަށް މީޓަރު މަތީގައި އުދުހެމުން، ދަތުރުކުރާ މި ބޯޓަކީ ކައިރި ރަށްރަށަށް އަހަރުމެން ފެރީ ދަތުރުފަތުރުކޮށް އުޅޭގޮތް މުޅިން ބަދަލުކޮށްލާނެ އީޖާދެކެވެ.

މި އުޅަނދަކީ ފެނުގައި ޖައްސާ އަދި ފެނުގައި އޮވެ ނަގައިގަނެވޭ (ޓޭކް އޯފް ކުރެވޭ) ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ބޯޓުގައި އަޅާފައިވަނީ ރޭސް ކާރުގައި ބޭނުންކުރާ ވީ8ގެ އިންޖީނެކެވެ. 95 އޮކްޓޭން ޕެޓްރޯލުގައި އެއަރފިޝް 8 ގައި 06-08 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފެލެއެވެ. 482 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވެއެވެ. ރާއްޖޭގެ ސަރަހައްދަކުން މި ދުރުމިން ވަޒަންކޮށްލާނަމަ، މިއީ ލ. އަތޮޅުން މާލެއަށް އަދި މާލެއިން ލ. އަތޮޅަށް ދަތުރުކުރުމުގައި ކަޑަތުކުރެވޭ ރާއްތާގެ ދުރުމިނެކެވެ.

މިއީ އާދައިގެ ސްޕީޑް ލޯންޗަކަށް ވުރެން ހަތަރު ގުނަ ބާރަށް ދަތުރުކުރާ އުޅަނދެކެވެ. އެއަރފިޝް 8ގެ ދުވެއްޔަށް ބަލައިލާއިރު 106 ނޮޓްސް (ގަޑިއަކު 196 ކިލޯމީޓަރަށް) ދަތުރުކުރެއެވެ. މިއީ ރަށްފުށުގައި ދުއްވާ ލޯންޗަކަށް ވުރެން ބާރަށް ދަތުރުކުރާ އުޅަނދެކެވެ.

އެއަރފިޝް 8 ދަތުރުކުރަނީ ލޮނުގަނޑާ ވަރަށް ކައިރިންނެވެ. އެހެންކަމުން މި އީޖާދުކުރި މީހުން ދެކޭ ގޮތުން ކްރޭޝް އެއް ވިޔަސް އުޅަނދަށް ލިބޭ ގެއްލުން ވަރަށް ކުޑަވާނެއެވެ.

“މީގަ އިންނަ ‘ވިންގް-އިން-ގްރައުންޑް’ ސިސްޓަމްގެ ސަބަބުން ފްލައިޓް އެކްސިޑެންޓްވުން ކުޑަކޮށްދޭނެ. އަދި ޕައިލެޓު ނުވަތަ އޮޕަރޭޓަރުގެ ފަރާތުން އަރާ ޓެކްނިކަލް އެރަރތައް ވެސް ކުޑަކޮށްދޭނެ.” މި އުޅަނދުގެ އިތުރު ތަފްޞީލަށް ދަމުން ވިޖެޓްވޯރކްސް އިން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.